އިންޑިއާގެ މަޖިލީހުގައި ނިމިދިޔަ ހަފްތާގައި ހިނގި ހަމަނުޖެހުން ތަހުގީގު ކުރުމަށް އެޤައުމުގެ ބޮޑޫ ވަޒީރު ނަރެންދްރާ މޯދީ ގޮވާލައްވައިފިއެވެ.

"ލޯކް ސަބާ" ނުވަތަ ގާނޫނުހަދާ މަޖިލީހުގެ ތެރެއަށް ދެމީހަކު ވަދެ ހަމަނުޖެހުން ހިންގާފައިވަނީ ސެކިއުރިޓީ ފޫއަޅުވާލުމަށްފަހު އެވެ. 2001 ވަނަ އަހަރުގައި މަޖިލީސް އިމާރާތަށް ދިން ހަމަލާއަށްފަހު މިއީ މިފަދަ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ. އެހެންކަމުން، މޯދީ ވަނީ މި މައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއްކަމަށް ވިދާޅުވެ މިކަމާއި ގުޅޭ ފުރިހަމަ ތަހުގީޤެއް ކުރިއަށް ގެންދަވަން ގޮވާލައްވާފައެވެ.

މިފަހަރުގެ ހާދިސާގައި ޤާނޫނު ހަދާ މަޖިލީސް އިމާރާތުގެ އެތެރެއިން ހައްޔަރުކުރި ދެ މީހުންނަކީ 30 އަހަރުން ދަށުގެ ދެޒުވާނުން ކަމުގައިވާ ސާގަރު ޝަރްމާ އާއި ޑީ މަނޮރަންޖަންއެވެ. އޭގެ ތެރެއިން އެކަކުވަނީ މަޖިލީސް ތަޅުމުގެ ތެރެއަށް ވަދެ، ރިޔާސަތަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް މަޖިލީހުގެ މެންބަރުންތަކެއް ވަނީ އޭނާ ހިފަހައްޓާފައެވެ.

މި ދެމީހުންގެ އިތުރަށް މަޖިލީސް އިމާރާތުގެ ބޭރަށްވެސް ދުން ބުރުވުމާއި ގުޅިގެން އިތުރު 2 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެދެމީހުންގެތެރެއިން އެކަކު އެއީ ނީލަމް ނަމަކަށް ކިޔާ އަންހެނެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި މައްސަލާގައި ޖުމްލަ 6 މީހުން ހައްޔަރުކުރެވިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން