އަހުމަދު މަސްނޫމް   16 ޑިސެމްބަރު 2023 - 3:38
ސްރީލަންކާގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީކަމަށްވާ، އެސްއެލްޕީޕީގެ ލީޑަރަކަށް ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިންތިހާބުކޮށްފިއެވެ.

އެސްއެލްޕީޕީގެ ލީޑަރުކަމުގެ ދެވަނަ ދައުރަކަށް އުމުރުން 78 އަހަރުފުޅުގެ މަހިންދަ ރާޖަޕަކްސަ އިންތިހާބުކޮށްފައި ވަނީ ކޮލަންބޯގެ ސުގަތަދާސާ އިންޑޯ ސްޓޭޑިއަމްގައި މިއަދު ފެށި އެ ޕާޓީގެ ނެޝަނަލް ކޮންވެންޝަންގައެވެ.

އެސްއެލްޕީޕީގެ ލީޑަރަކަށް ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ނަން ހުށަހެޅީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްކަމަށްވާ ގަމިނީ ލޮކުގެއެވެ. އަދި އޭނާގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްކަމަށްވާ ޖޯންސްޓަން ފޭނަންޑޯއެވެ.

މަހިންދަ ރާޖަޕަކްސަ ވަނީ 2005 އިން 2015 އަށް ލަންކާގެ ރައީސްކަމުގެ މަޤާމު އަދާކުރައްވާފައެވެ. އަދި 2019 އިން 2022 އަށް އެމަނިކުފާނު ވަނީ އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން