އިންޑިއާގެ ޤާނޫނު ހަދާ މަޖިލީސް ތެރެއަށް ވަން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

"ލޯކް ސަބާ" ނުވަތަ މަޖިލީސްކުރާ ގެތެރެއަށް އެދެމީހުން ވަދެފައިވަނީ ސެކިއުރިޓީ ފޫއަޅުވާލުމަށްފަހު އެވެ. 2001 ވަނަ އަހަރުގައި މަޖިލީސް އިމާރާތަށް ދިން ހަމަލާއަށްފަހު މިއީ މިފަދަ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ.

މިފަހަރުގެ ހާދިސާގައި ޤާނޫނު ހަދާ މަޖިލީސް އިމާރާތުގެ ތެރެއިން ހައްޔަރުކުރި ދެ މީހުންނަކީ 30 އަހަރުން ދަށުގެ ދެޒުވާނުން ކަމުގައިވާ ސާގަރު ޝަރްމާ އާއި ޑީ މަނޮރަންޖަންއެވެ. އޭގެ ތެރެއިން އެކަކުވަނީ މަޖިލީސް ތަޅުމުގެ ތެރެއަށް ވަދެ، ރިޔާސަތަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް މަޖިލީސް މެންބަރުންތަކެއް ވަނީ އޭނާ ހިފަހައްޓާފައެވެ.

މި ދެމީހުންގެ އިތުރަށް މަޖިލީސް އިމާރާތުގެ ބޭރަށްވެސް ދުން ބުރުވުމާއި ގުޅިގެން އިތުރު 2 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެދެމީހުންގެތެރެއިން އެކަކު އެއީ ނީލަމް ނަމަކަށް ކިޔާ އަންހެނެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން