ފަލަސްތީންގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އދ. އަށް ހުށަހެޅި ގަރާރު ފާސްކޮށްފިއެވެ.

ގަރާރު ފާސްކުރަން 153 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ތާއީދުކުރިއިރު 10 މެންބަރުން އެކަމަށް ދެކޮޅު ހަދާފައި ވެއެވެ. އަދި 23 މެންބަރުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.



ހަނގުރާމަ ހުއްޓުވުމުގެ އިތުރަށް ހަމާސްއިން 7 އޮކްޓޫބަރުގައި އިޒްރޭލުގެ ބިމުން ރަހީނުކުރި މީހުން ދޫކޮށްލުމަށްވެސް މި ގަރާރުގައި ގޮވާލާފައި ވެއެވެ.

އިއްޔެ މި ވޯޓަށް އަހާފައި މިވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި ނިމިދިޔަ ހުކުރު ދުވަހު ފާސްކުރަން އުޅުނު ގަރާރު އެމެރިކާއިން ވީޓޯކޮށްފައިވަނިކޮށެވެ. މި ގަރާރު އދ. މަޖިލީހަށް ހުށައެޅީ އިޒްރޭލުން 7 އޮކްޓޫބަރަށްފަހު ދެމުންގެންދާ ހަމަލާތަކުގައި 18،000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދުވެފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން