ހަނގުރާމައިގެ ނާމާންކަން ފެތުރިފައިވާ ޣައްޒާގެ ކުޑަކުދިންތަކެއް ދުނިޔޭގެ އެހީއަށް އެދި އާދޭސްކުރަމުންދާ ވީޑިއޯއެއް ގިނަ ބައެއްގެ ސަމާލުކަން ހޯދަައިފިއެވެ.

އަލްޖަޒީރާއިން ދައުރުކުރި މި ވީޑިއޯގައި އެކުދިން ވަނީ "އަހަރެމެން މިއީ އަމިއްލަ ދަރިން ކަމަށް ވިސްނާ" އެހީތެރިވެދިނުމަށް ދުނިޔޭގެ ކިބައިން އެދިފައެވެ. އެވީޑިއޯގައި ވާހަަކަދެއްކި ކުޑަކުދިން ވަނީ އެކުދިންގެ ގެތަކަށް އަނބުރާ ދާން ބޭނުންވާ ކަމަށާއި މިހާރު ދިރިއުޅެނީ ވަރަށް ހިތްދަތި ދިރިއުޅުމެއް ކަމަށް ބުނެފައެވެ. އަދި ދުނިޔޭގެ އެހެން ކުދިން ގޮތަށް އަމާން ހަޔާތަކަށް ފަލަސްތީން ކުދިންވެސް އެދޭ ކަމަށް އެކުދިން ބުނެފައި ވެއެވެ.



"ފަލަސްތީނަށް އަރަބިން ތާއީދުކޮށްދީ. ވީހާވެސް އަވަހަށް ހަނގުރާމަ ހުއްޓުމަށް އަހަރެމެން އެދެން. ފުދިއްޖެ މި ވަރުން، އުތުރުން ފެށިގެން ދެކުނަށް ޣައްޒާގައި ނެތް ބޮމުގެ ހަމަލާތައް ނާންނަ އަމާން އެއްވެސް ސަރަހައްދެއް." ވީޑިއޯގައި ވާހަކަދެއްކި ކުޑަކުދިން ބުނެފައި ވެއެވެ.

އެކުދިން ވަނީ އަންނައުނާއި ކެއުން ބުއިމުން މަހުރޫމްވެފައިވާކަން ފާހަގަކޮށްފައެވެ.

އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގައި އެންމެ ބޮޑު ޝިކާރައަކަށްވެފައިވަނީ ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި ތަމްސީލުކުރާ ކުޑަކުދިންނެވެ. އެގޮތުން، 7 އޮކްޓޫބަރަށްފަހު އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވީ ފަލަސްތީންގެ ކުޑަކުދިންގެ އަދަދު ވަނީ 10،000 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން