ރާޔާ ރިޟާ   12 އޮކްޓޯބަރު 2023 - 13:8
ފްލަމެންގޯގެ ކޯޗްކަމަށް ބްރެޒިލްގެ ކުރީގެ ކޯޗް, ޓީޓޭ ހަމަޖައްސައިފިއެވެ.

ފްލަމެންގޯއާއި ޓީޓޭއާއި ދެމެދު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރު ގައެވެ. އުމުރުން 62 އަހަރުގެ ޓީޓޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމުގައި ހަ އަހަރު ހޭދަކޮށްފައެވެ.

ޓީޓޭ ބްރެޒިލްގެ ގައުމީ ޓީމުން އިސްތިއުފާ ދިނީ މިިދިޔަ އަހަރުގެ ޑިސެމްބަރގައި އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާ އަތުން ބްރެޒިލް ބަލިވުމާއި ގުޅިގެންނެވެ. އޭގެފަހުން އޭނާ އެއްވެސް ޓީމެއްގައި މަސައްކަތްކޮށްފައެއް ނުވެއެވެ.

ފްލަމެންގޯއިން ޓީޓޭއާއި މި މަޤާމް ހަވާލުކުރީ ކޯޗް ސަމްޕައޯލީގެ އިރުޝާދުގެ ދަށުން ކްލަބަށް އެއްވެސް މުބާރާތެއް ކާމިޔާބުނުވުމާއި ގުޅިގެންނެވެ.

ޓީޓޭގެ ކޯޗްކަމުގެ ދަށުގައި ބްރެޒިލްއަށް ވަނީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ތަށި ކާމިޔާބު ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން