ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ރަޝީދު ހުސައިނަށް، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އިންޒާރުދިން މައްސަލަ ކުށްވެރިކޮށް، ޝުޖާއު އަށް ފިޔަވަޅު އެޅުމަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.
ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި، ރާއްޖޭގެ އޮންލައިން ނޫހެއްގަައި 22 ނޮވެމްބަރު 2020 ވަނަ ދުވަހު ލިޔެފައިވާ ލިޔުމުގައި ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ރަޝީދު ހުސައިންގެ އުުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަންޖެހޭނީ ޖަލުގައި ކަމަށް ބުނެ، ފަނޑިޔާރު އަލީ ރަޝީދަަށް ނިސްބަތްކޮށް، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވާހަކަ ދައްކާފައިވާ ކަމަށް ބުނެފައުވެއެވެ.
އަދި ޝުޖާއު ދައްކާފައިވާ އެ ވާހަކަތަކަކީ ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކަކަށްވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރާ ހިނދު، އެވާހަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ފަނޑިޔާރުންގެ ޖަމިއްޔާގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ ނޫސް ބަޔާނުގައި މިފަދަ ގޮތަކަށް ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކާ މެދު ކަމާބެހޭ ފަރާތްތަކުންނާއި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޖަމިއްޔާއިން ގޮވާލާފައި ވެއެވެ.
ޝުޖާއު ވިދާޅުވެފައިވަނީ، ފަނޑިޔާރު ޢަލީ ރަޝީދު ސްޕްރީމް ކޯޓަށް ޢައްޔަންކުރެއްވީ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް ހުކުމް ކުރެއްވުމުން އޭގެ ބަދަލެއްގެ ގޮތުގައި ކަމަށެވެ. އަދި މިއަދު ސްޕްރީމް ކޯޓުގެ މުސާރަ ނަގައިގެން އުޅެވުނު ނަމަވެސް ޕީޕީއެމް ވެރިކަމަށް އައުމާއެކު އުމުރުގެ ބާކީއޮތް ހުރިހައި ދުވަހެއް ޢަލީ ރަޝީދު ހޭދަކުރަށްވަންޖެހޭނީ ޖަލުގައި ކަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ ބަޔާނާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ޕީއެންސީގެ ނައިބު ރައީސަށް ކިތަންމެ ބިރެއް ދެއްކިޔަސް ގެއަށްވަދެ ރަޖާ ނުލާނެ ކަމަށާއި، އަދި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ޙުކުމެއް ކަމަށެވެ. މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ޑަބަލް ޕްރޮމޯޝަން ލިބުނު ގޮތް ބެލޭނެ ދުވަސް އަދި އަންނާނެ ކަމަށެވެ.
އެ ނޫސް ބަޔާނަށް ޝުޖާއުވެސް ވަނީ ޓްވިޓާގައި ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް ޙުކުމްކުރި ފަނޑިޔާރުގެ ގައިން ޕީޕީއެމްއަށް ދުވަނީ ގުއި ވަސް ކަމަށާއި، ކިތަންމެ ވަރަކަށް ހުވަނދުވަސް ދުއްވަން އުޅުނަސް އެވަސް ނުދުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނަށް އިންޒާރު ދީފައިވާތީ ނެރުނު ނޫސް ބަޔާންhttps://t.co/B5A5zbPPyJ
— Judges Association of Maldives (@JudgesMaldives) November 25, 2020
މީގެ އިތުރުން އެ ނޫސް ބަޔާނުގައި މިފަދަ ގޮތަކަށް ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކާ މެދު ކަމާބެހޭ ފަރާތްތަކުންނާއި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޖަމިއްޔާއިން ގޮވާލާފައި ވެއެވެ.
ޝުޖާއު ވިދާޅުވެފައިވަނީ، ފަނޑިޔާރު ޢަލީ ރަޝީދު ސްޕްރީމް ކޯޓަށް ޢައްޔަންކުރެއްވީ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް ހުކުމް ކުރެއްވުމުން އޭގެ ބަދަލެއްގެ ގޮތުގައި ކަމަށެވެ. އަދި މިއަދު ސްޕްރީމް ކޯޓުގެ މުސާރަ ނަގައިގެން އުޅެވުނު ނަމަވެސް ޕީޕީއެމް ވެރިކަމަށް އައުމާއެކު އުމުރުގެ ބާކީއޮތް ހުރިހައި ދުވަހެއް ޢަލީ ރަޝީދު ހޭދަކުރަށްވަންޖެހޭނީ ޖަލުގައި ކަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ ބަޔާނާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ޕީއެންސީގެ ނައިބު ރައީސަށް ކިތަންމެ ބިރެއް ދެއްކިޔަސް ގެއަށްވަދެ ރަޖާ ނުލާނެ ކަމަށާއި، އަދި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ޙުކުމެއް ކަމަށެވެ. މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ޑަބަލް ޕްރޮމޯޝަން ލިބުނު ގޮތް ބެލޭނެ ދުވަސް އަދި އަންނާނެ ކަމަށެވެ.
Ali Rasheedh Onnaanee Jalugai.Mikan koh,Hurihaa Faraaiy Thakakah Insaafu Hoadhai Dheynan.Insha Allah☝🏼
— Ibrahim Shujau 💙 (@shuja3831) November 25, 2020
އެ ނޫސް ބަޔާނަށް ޝުޖާއުވެސް ވަނީ ޓްވިޓާގައި ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް ޙުކުމްކުރި ފަނޑިޔާރުގެ ގައިން ޕީޕީއެމްއަށް ދުވަނީ ގުއި ވަސް ކަމަށާއި، ކިތަންމެ ވަރަކަށް ހުވަނދުވަސް ދުއްވަން އުޅުނަސް އެވަސް ނުދުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު