މޫސުން ގޯސްވެ މެދު ރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން މިރޭ 22:30 އިން ފެށިގެން މިރޭ 02:30 ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.މީގެއިތުރުން ފުވައްމުލަށް ސިޓީން އިން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށްވެސް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން މިރޭ 22:30 އިން ފެށިގެން މިރޭ 02:30 ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެދު ރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް މިއަދު ހެނދުނާއި މެންދުރުފަހު އަދި ހަވީރުވެސް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން