ރެއާލް މެޑްރިޑަށް ކުޅެމުންދާ ލޫކާ މޮޑްރިޗް އިންޓަ މިއާމީއަށް ގެނައުމަށް އެ ކްލަބްގެ ކުޅަދާނަ ފޯވާޑް ލިޔޮނަލް މެސީ އެދިއްޖެއެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި މެސީ ވަނީ މިކަމާއި ބެހޭގޮތުން އިންޓަ މިއާމީގެ ވެރިޔާ ޑޭވިޑް ބެކަމްއާއިވެސް ވާހަކަ ދައްކާފައެވެ. އުމުރުން 38 އަހަރުގެ ކްރޮއޭޝިއާ ކުޅުންތެރިޔާ މޮޑްރިޗް، ޖެނުއަރީގައި އެ ކްލަބަށް ގެނައުމަށް މެސީ އެދިފައިވެއެވެ.

މެސީ މޮޑްރިޗް ހޯދަން އެދިފައިވަނީ ރެއާލްގެ ކޯޗް ކާރލޯ އަންޗެލޮޓީ މި ސީޒަންގެ ލަލީގާ މެޗްތަކުގައި މޮޑްރިޗް ބެންޗުގައި ބަހައްޓަމުންދާ ދަނޑިވަޅެއްގައެވެ. އެހެން ނަމަވެސް، މެސީއަށް މޮޑްރިޗް ފެންނަނީ އެމްއެލްއެސް ލީގަށް ބޭނުންތެރި މިޑްފިލްޑަރެއްގެ ގޮތުގައެވެ.

އުމުރު މަތިވާ ވަރަކަށް ވެޓެރަން ކުޅުންތެރިންނަށް ޔޫރަޕްގެ ކްލަބްތަކުން ދޭ ޝައުގުވެރިކަން ކުޑަވެއެވެ. މި ސީޒަން ފެށުމުގެ ކުރިން ސައުދީގެ ކްލަބްތަކުންނާއި އެމެރިކާގެ ކްލަބްތަކުން ވަނީ މޮޑްރިޗް ހޯދަން މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް، މޮޑްރިޗް ވަނީ ސައުދީގެ އަގުހުރި ހުށަހެޅުންތައްވެސް އިންކާރުކޮށްފައެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބެކަމްއާއި މޮޑްރިޗް ކްރޮއޭޝިއާގައި ބައްދަލުވެސް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން