ޑިމޮކްރެޓްސް އާއެކު މަސައްކަތް ކުރުމުގެ ދަޢުވަތު ޕީޕީއެމްގެ މަޖިލީސް މެންބަރުންނަށް ފޮނުވާފައިވާ ކަމަށް ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މިރޭބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޙަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްގެ އިސްބޭފުޅުން ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ޕީޕީއެމްގެ ޢާއްމު މެންބަރުންގެ ފަރާތުން އެންމެ ބޮޑަށް ފެނިގެން ދިޔައީ ދެޕާޓީ ގުޅިގެންވިޔަސް ރައީސް ޞާލިޙްގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ރޫޙް ކަމަށެވެ.
ހަމައެއާއެކު މިހާރު ޕީޕީއެމްގައި އުފެދިފައިވާ އޮއިވަރާއެކު އެޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނަށް ޑިމޮކްރެޓްސްއާ ގުޅިގެން މަސައްކަތް ކުރެއްވުމަށް މިހާރު ވާނީ ދަޢުވަތު އަރުވާފައިކަމަށް ޙަސަން ވިދާޅުވިއެވެ. ޙަސަން ވިދާޅުވީ އޭގެތެރެއިން ބައެއް ބޭފުޅުންނާއެކު ނުރަސްމީކޮށް މިހާރުވެސް ވާހަކަ ދެކެވެމުންދާ ކަމަށެވެ.
އެގޮތުން ޕީޕީއެމްގެ ޢާއްމު މެންބަރުންގެ އިތުރުން ޑިމޮކްރެޓްސްގެ ދަޢުވަތު ފޮނުވާފައިވަނީ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން އާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިޤް އާއި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް އާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދަށެވެ.
ޙަސަން ވިދާޅުވީ ޕީޕީއެމްގެ ޢާއްމު މެންބަރުން މާޔޫސް ނުވުމަށާއި ދެޕާޓީން ގުޅިގެން ރައީސް ޞާލިޙް ބަލިކުރެވޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ އިސްބޭފުޅުންނަށް ދެއްވި ދަޢުވަތަކީވެސް ޕީޕީއެމުން ވަކިވެ ޑިމޮކްރެޓްސްއާ ގުޅުމުގެ ދަޢުވަތު ނޫން ކަމަށާއި ގްރޫޕެއްގެ ގޮތުގައި އެއްކޮށް މަސައްކަތް ކުރުމުގެ ދަޢުވަތު ކަމަށެވެ.
ޑިމޮކްރެޓްސް އިން ޕީޕީއެމްގެ އިސްބޭފުޅުންތަކަކަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް ދަޢުވަތު ފޮނުވާފައި ވާއިރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޢިއްޒުއަކީ ޕީޕީއެމްގެ ޕްލޭން-ބީ ނޫންކަމަށް އެޕާޓީގެ އިސް ބައެއް ބޭފުޅުން ރޭވަނީ ވިދާޅުވެފައެވެ.
އެކަމާގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެތެރޭގެ މަސްރަޙު ހަލަބޮލިވެފައިވާ ކަމަށް އިތުބާރުހުރި މަސްދަރުތަކުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު