ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަކީ ސީރިއަސް ކެންޑިޑޭޓެއް ނޫން ކަމަށާއި އެއީ ޤުރުބާންކުރާ ކަންބަޅިއެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު އިލިޔާސް މިވަގުތު ހުންނެވީ ކެމްޕޭން ދަތުރުފުޅެއްގައި އައްޑޫ ސިޓީގައެވެ.
އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ އިލިޔާސްއަކީ މި އިންތިޚާބުގައި ސިޔާސީގޮތުން ޤުރުބާން ކުރެއްވުމަށް ރައީސް ނަޝީދު ގެންގުޅުއްވާ ކަންބަޅިއެއް ކަމަށެވެ. އަދި އިންތިޚާބުން މޮޅުވާނެކަމުގެ ކުޑަ އުންމީދެއް އޮތްނަމަވެސް ރައީސް ނަޝީދު އެޕާޓީގެ ކެންޑިޑެސީ ދޫކޮށްނުލަށްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއްބަޔަކު އަނެއްބަޔަކާއެކު ގުޅުން އުފައްދައިގެން މިހާރު ކުރާ މަސައްކަތްތަކަކީ ރައީސް ޞާލިޙް ބަލިނުކުރެވޭނެކަން ކަށަވަރު ވުމުން ކުރާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެކަމާ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޝަރީފް މި މޭރުމުން ވިދާޅުވެފައިވާއިރު އިލިޔާސްގެ ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމަކީ ޒުވާން ކަމުގެ ރޫހެއް ކަމަށާއި އެއީ ޒުވާން ކަމާ އެކީގައި ކޮށްދެވޭނެ މަސައްކަތެއް ކަމަށެވެ. އަދި ގައުމު އެދި ގޮވަނީ ޒުވާން ވެރިއަކަށް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑެންސީ ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު އިލްޔާސް ޔަގީން ކުރެއްވީ ޕްރައިމަރީގައި 3000 ވޯޓު ހޯއްދަވައިގެންނެވެ.

Addu rayyithun visnanjehey kamakee alhugandumenge akh @ilyasLabeeb_ akee serious candidate eh nookan,E ee siyaasee gothun @MohamedNasheed anekkaaves gurubaan kuraa kanbalhi ekkan. Inthikhaabu kaamiyaabu kurumge evves ummeedheh oinama @TheDemocratsMV candidatakah vaanee RN kan
— Ibrahim Shareef (@AdduShareef) July 31, 2023
ޝަރީފް މި މޭރުމުން ވިދާޅުވެފައިވާއިރު އިލިޔާސްގެ ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމަކީ ޒުވާން ކަމުގެ ރޫހެއް ކަމަށާއި އެއީ ޒުވާން ކަމާ އެކީގައި ކޮށްދެވޭނެ މަސައްކަތެއް ކަމަށެވެ. އަދި ގައުމު އެދި ގޮވަނީ ޒުވާން ވެރިއަކަށް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑެންސީ ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު އިލްޔާސް ޔަގީން ކުރެއްވީ ޕްރައިމަރީގައި 3000 ވޯޓު ހޯއްދަވައިގެންނެވެ.

SEN
ALG
UZB
ކިޔުންތެރިންގެ ހިޔާލު