އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) މިއަދު އެމްޑީޕީއަށް ސޮއިކުރަށްވައިފިއެވެ.
ހަނަފީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމުމުން ޙަނަފީވަނީ އެ އެޕާޓީން ވަކިވެވަޑައިގެންފަ އެވެ.
ހަނަފީ ވަނީ އެންމެފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ޑެޕިއުޓީ ލީޑަރގެ މަޤާމަށްވެސް ވާދަކުރަށްވާފައެވެ. ނަމަވެސް އޭނާ ވަނީ އިންތިހާބުން ބަލިވެފައެވެ.
އެމްޑީޕީން މިއަދު ބުނީ އިމިގްރޭޝަން ކޮންޓްރޯލަރ އަދި ޖުމްހޫރީޕާޓީގެ ލީޑަރުގެ ކުރީގެ އެޑްވައިޒަރ މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ) ގެ އާއިލާގެ 60 މެންބަރުންނާއެކު އެމްޑީޕީއަށް ސޮއި ކުރައްވާފައިވާ ކަމަށެވެ. ޙަނަފީ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފޯމް ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ އަތްޕުޅަށެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ޕާޓީތަކުން ދަނީ މެންބަރުން އިތުރުކޮށް އެ ޕާޓީތަކުގެ ތާޢީދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީންވެސް ދަނީ އެޕާޓީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހާއެކު އެމްޑީޕީގެ ދަފްތަރުން 39،000 ވަރަކަށް މެންބަރުން އުނިވެގެން ދިޔައެވެ. އެމްޑީޕީން މިހާރު އަމާޒު ހިފާފައިވަނީ ކުރިން އޮތް އަދަދަށްވުރެވެސް އިތުރަށް މެންބަރުން ޕާޓީއަށް ވެއްދުމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން 21 ފެބުރުވަރީ 2023 ގެ ނިޔަލަށް އެޕާޓީގެ ދަފްތަރުގައި 57660 މެންބަރުން އެބަތިއްބެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ އަދި ޖުމްހޫރީޕާޓީގެ ލީޑަރުގެ ކުރީގެ އެޑްވައިޒަރ މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ) ގެ އާއިލާގެ 60 މެންބަރުންނާއެކު އެމްޑީޕީއަށް ސޮއި ކުރައްވައިފި.#Ibu2023 #VoteMDP#UfaaveriAmaanRaajje pic.twitter.com/ynWHFWuAIH
— MDP Secretariat (@MDPSecretariat) July 27, 2023
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ޕާޓީތަކުން ދަނީ މެންބަރުން އިތުރުކޮށް އެ ޕާޓީތަކުގެ ތާޢީދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީންވެސް ދަނީ އެޕާޓީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހާއެކު އެމްޑީޕީގެ ދަފްތަރުން 39،000 ވަރަކަށް މެންބަރުން އުނިވެގެން ދިޔައެވެ. އެމްޑީޕީން މިހާރު އަމާޒު ހިފާފައިވަނީ ކުރިން އޮތް އަދަދަށްވުރެވެސް އިތުރަށް މެންބަރުން ޕާޓީއަށް ވެއްދުމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން 21 ފެބުރުވަރީ 2023 ގެ ނިޔަލަށް އެޕާޓީގެ ދަފްތަރުގައި 57660 މެންބަރުން އެބަތިއްބެވެ.
ކިޔުންތެރިންގެ ހިޔާލު