ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ހައްޔަރުކުރުމަށް އެގައުމުގެ އިލެކްޝަން ކަމިޝަނުން އަމުރެއް ނެރެފިއެވެ.

މިފަހަރު މިނެރުނު އަމުރަކީ ކަފާލަތުގެ ދަށުން ގައިދުން ސަލާމަތްވެ ވަޑައިނުގެންނެވޭނެ ބާވަތުގެ އަމުރެކެވެ. މިއަމުރު ނެރެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ހަމަ އެދުވަހު އެހެން މައްސަލައެއްގައި އެގައުމުގެ ސުޕްރީމް ކޯޓުން ކަފާލަތުގެ ދަށުން ޢިމްރާން ޚާން މިނިވަންކޮށްދީފައިވެއެވެ.

މިދިޔަ އަހަރު އެޕްރީލް މަހު ބޮޑުވަޒީރުކަމުން ދުރުކުރެވުނު ފަހުން، ޚާންއާއި ދެކޮޅަށް ޕާކިސްތާނުގެ ކޯޓުތަކުގައި 150 މައްސަލައެއްގައި ދައުވާކޮށްފައިވެއެވެ. މީގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާވެސް ހިމެނެއެވެ.

ޕާކިސްތާނުގެ އިލެކްޝަން ކަމިޝަނުން މިނެރުނު އަމުރުގައި ބުނެފައިވަނީ އެކަމިޝަންނުން ބަލަމުންދާ މައްސަލަތަކަކާއި ގުޅިގެން ހާޒިރުވެ ވަޑައިގެންނެވުމަށް ދެންނެވުމުން އެކަމިޝަނަށް ޢިމްރާން ހާޒިރުވެ ވަޑައިގެންފައިނުވާ ނުވުމަކީ އެކަމިޝަންގެ ޢިއްޒަތާއި ގަދަރު ގެއްލޭ ކަމެއް ކަމަށެވެ.

އިލެކްޝަން ކަމިޝަނުން ފޮނުވި މިއަމުރު ޢިމްރާންގެ ގާނޫނީ ޓީމުގެ މެމްބަރަކަށް ލިބިވަޑައި ގެންފައިވާކަމަށް ޢިމްރާންގެ ޕާކިސްތާން ތަޙްރީކޭ އިންޞާފު ޕާޓީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން