ޓްވިޓަރުން (ޓްވިޓަރއިން) އާ ޝިޢާރެއް ބޭނުން ކުރަން ފަށައިފިއެވެ.

ކަޅު ފަސްމަންޒަރެއްގައި ހުދު ކުލައިން ލިޔެފައިވާ އިނގިރޭސި އަލިފުބާގެ އެކްސްއަކުރު ވެގެންދާނީ ޓްވިޓަރގެ އާ ޝިޢާރުކަމަށް ޓްވިޓަރގެ ވެރިޔާ އީލާން މަސްކުވަނީ ވިދާޅުވެފައިއެވެ.

މީގެ އިތުރުން ޓްވިޓަރގައި ކުރާ ޓްވީޓްތަކުގެ ނަންވެސް ބަދަލުވެފައިވާކަމަށް މަސްކް ވިދާޅުވެފައިވެއެވެ. ޓްވީޓްގެ ބަދަލުގައި ދެން ކުރާ ޓްވީޓަށް ކިޔާނީ އެކްސަސްކަމަށް މަސްކް ވިދާޅުވިއެވެ.

ޓްވިޓަރގައި ކުރިން މަސްކް ބޭނުންކުރެއްވި ޝަޚްޞީ ސޫރައިގެ (ޕްރޮފައިލް ޕިކްޗަރގެ) ބަދަލުގައި މިހާރުވަނީ މިއާ ޝިޢާރު އޭނާގެ ޞަޚްޞީ ސޫރަޔަށް ހައްދަވާފައިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މަސްކު ބޭނުންފުޅުވަނީ ޓްވިޓަރއަކީ ވަރަށް ގިނަ ކަންތައް ކުރެވޭ ޕްލެޓްފޯމަކަށް ހައްދަވާށެވެ. މިވާހަކަ މިގޮތަށް އޭނާ ދައްކަވާތާ މަސްތަކެއް ފާއިތުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ކުރިން ޓްވިޓަރގައި ބޭނުންކުރި "ނޫކުލައިގެ ދޫނި" ޝިޢާރަށް ޓަވިޓަރ އަލްވަދާޢުކިޔަން އުޅޭކަން މަސްކު ހާމަކުރެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން