ދުނިޔޭގެ އެކިގައުމުތަކުގައި އެއް ބިލިއަން މީހުންނަށް ކުރިމަތިވެފައިވާ ހަކަތައިގެ ހައިހޫނުކަން ނައްތާލުމަށް ސަޢުދީ ޢަރަބިއްޔާގެ ހަކަތައާއިބެހޭ ވަޒީރު، އެނަރޖީ މިނިސްޓަރ، އަމީރު ޢަބްދުލް ޢަޒީޒު ބިން ސަލްމާން ގޮވާލައްވައިފިއެވެ.

މިއީ އަޚްލާގީ މިންގަނޑުތަކަށް ބަލާއިރު މިހެން ވެގެންވާނެ ކަމެއް ނޫންކަމަށް އަމީރު ޢަބްދުލް ޢަޒީޒުވަނީ ވިދާޅުވެފައިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހަކަތައިގެ ބޭނުންކޮށްގެން ކުރަންޖެހޭ ވަރަށް ކުދިކުދި ކަންތައްތައް ނުކުރެވި ދުނިޔޭގައި އެއް ބިލިއަން މީހުން ދިރިއުޅެމުންދެއެވެ.

މިމީހުންނަށް ހަކަތައިގެ ހައިހޫނުކަން ކުރިމަތިވެފައިވަނީ ހަކަތައިގެ ޒަމާނީ ޚިދުމަތްތަކަށް ވާޝިލުވެވޭނެ މަގު ގާއިމުކޮށްދެވިފައި ނުވާތީކަމަށް އަމީރު ޢަބްދުލް ޢަޒީޒު ވިދާޅުވިއެވެ.

އަމީރު ޢަބްދުލް ޢަޒީޒު މިމޭރުމުން ހަކަތައާއިބެހޭ ގޮތުން ވާހަކަފުޅުދެއްކެވީ އިންޑިއާގެ ގޯއާގައި އޮތް 14 ވަނަ ކްލީން އެނަރޖީ މިނިސްޓީރިއަލް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަމީރު ވިދާޅުވި ގޮތުގައި މިކަމަށް، ސަޢުދީ ޢަރަބިއްޔާއިންވަނީ މީގެ ކުރިން 2007 ވަނަ އަހަރުވެސް ގޮވާލާފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން