ޔަހޫދީންގެ މުގައްދަސް ފޮތްކަމުގައިވާ ތައުރާތު، މުޒާހަރާއެއްގެ ތެރޭގައި އެންދުމުގެ ހުއްދަ، ހުޅަނގު ޔޫރަޕުގެ ސްވިޑްން ސަރުކާރުން އިއްޔެ ދިނުމުން، އެކަން ނުކުރާނެކަމަށް މިމުޒާހަރާ އިންތިޒާމުކުރި ފަރާތުން ބުނެފިއެވެ.



މިމުޒާހަރާ އިންތިޒާމުކުރި އަހްމަދު، ސްވިޑުންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އިސްރާއީލު އެމްބަސީ ކުރިމަތީގައި އިއްޔެ ހުރެފައި، އަތުގައި އޮތް ލައިޓަރު ބިންމައްޗަށް އެއްލާލުމަށްފަހު، އޭނާގެ ނިޔަތުގައި ތައުރާތު އެންދުން ނެތްކަމަށް ބުނެފައިވެއެވެ. ނަމަވެސް، މުސްލިމަކަށްވެ ހުރެ، އޭނާ ބުނީ، މިކަމުގައި އޭނާގެ އޮތް ނިޔަތަކަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރުމަށް ދަޢުވަތުދިނުމެވެ.

އިސްރާއީލުގެ އެމްބަސީ ބޭރުގައި، މިމުޒާހަރާ ކުރުމުގެ ހުއްދަ، ސްވިޑުންގެ ސަރުކާރުން ދިނީ މިދިޔަ ހުކުރު ދުވަހުއެވެ. މިމުޒާހަރާގައި ތައުރާތާއި، މުގައްދަސް ބައިވަރު ފޮތްތައް އެކުލެވޭ ބައިބަލް އެންދުމުގެ ހުއްދަވެސް ދެވިފައިވާކަމަށް ސްވިޑުންގެ ފުލުހުން އިއްޔެނޫން އިހަށްދުވަހު ބުންޏެވެ.

ސްވިޑުން ސަރުކާރުން މިހުއްދަ ހަމަ ދިނުމާއެކުއެކީ، އިސްރާއީލުގެ ރައީސް އައިސާކް ހާޒޮގްވަނީ އެކަން ކުށްވެރިކުރަށްވާފައިއެވެ.

މުޒާހަރާ އިންތިޒާމުކުރި އަހްމަދު ބުނި ގޮތުގައި އޭނާ އެހޯދި ހުއްދަ، ހޯދުމުގައި، އޭނާގެ އޮތް ބޭނުމަކީ ޚަތިމު އެންދި މީހުންނަށް ފާޑުކިޔުމެވެ.



"މިއީ ޚަތިމު އަންދާ މީހުންނަށް ދިން ރައްދެއް. ބޭނުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މަޙްދޫދުވެގެންވާކަން ބުނެދިނުން"، ސޫރިޔާއަށް އުފަން، ނަމަވެސް މިހާރު ސްވިޑުންގައި ސާކިނުވެއުޅޭ އަހްމަދު ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން