މިދިޔަ ބޮޑުއީދު ތެރޭގައި ހުޅަނގު ޔޫރަޕުގެ ސްވިޑުންގެ މިސްކިތެއްގެ ބޭރުގައި ޚަތިމެއް އަންދާފައިވާތީ، އެކަމާއި ހިތާމަފުޅުކުރަށްވަވާ، ކުފުރުގެ އެޢަމަލަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ރަނިލް ވިދާޅުވި ގޮތުގައި ޚަތިމުގެ ޙުރުމަތްކެނޑުމުގެ ގޮތުން ސްވިޑުންގައި ޚަތިމު އެންދި އެންދުމަކީ މުޅި ޢާލަމް ގަބޫލުކުރާ "އަޅުކަންކުރުމުގެ މިނިވަންކަމުގެ ޙައްގަށް" އަރައިގަތް، އަރައިގަތުމެކެވެ.
ރައީސް ރަނިލް މިމޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ ވެރިރަށް ކޮޅުނބާއި ސަތޭކަ ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެއްކަމަށްވާ ރަތްނަޕޫރާގައި ކޯޓު އިމާރާތެއް އިފްތިތާޙުކޮށްދެއްވުމަށް ފަހު، މިރަސްމިއްޔާތުގެ ބައިވެރިންނާއި މުޚާޠަބުކުރަށްވަވާ، މިދިޔަ އަންގާރަ ދުވަހު، ދެއްކެވި ވާހަކަފުޅުގައިއެވެ.
މިކަމާއި ދެކޮޅަށް ވާހަކަފުޅުދައްކަވަމުން، ރައީސް ރަނިލްވަނީ، ޢާލަމުގެ ދެކުނުގެ ރައްޔިތުން، ގަދަރުކުރާ، އިޙްތިރާމުކުރާ ކަންތައްތަކަށް، ހުޅަނގުންވެސް، ގަދަރުކުރުމަށާއި އިޙްތިރާމުކުރުމަށް ހުޅަނގަށް އިލްތިމާސް ކުރަށްވާފައިއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ، މިފަދަކަންކަން ކޮށް، ހަމަނުޖެހުން ހިންގުމަށް ފުރުޞަތު ނުދެއްވުމަށްވެސް ރައީސް ރަނިލްވަނީ ހުޅުނގުގެ ޒަޢީމުންގެ އަރިއަހުން އެދިވަޑައިގެންފައެވެ.
ޚަތިމު އެންދުމަށް ސްވިޑުންގެ ސަރުކާރުން ހުއްދަދީފައިވާތީ، އެކަމާއި ދެކޮޅަށް މިހާރު ޕާކިސްތާނުން އ.ދ.ގެ އިންސާނީ ޙައްގުތަކާއިބެހޭ ކައުންސިލަށް ހުށަހަޅާފައިވާ ގަރާރަށްވެސް ސްރީލަންކާއިން ތާއީދުކުރާނެކަމަށް ރައީސް ރަނިލްގެ މިޚިޠާބުގައި ވިދާޅުވެފައިވެއެވެ.
"ޕާކިސްތާނުގެ ގަރާރަށް ތާއީދުކުރުމަށް އަޅުގަނޑުވާނީ ޚާރިޖިއްޔާއަށް އަންގާފައި. އަދި އެގަރާރުގެ ބަސްމަގު ބަދަލުކުރުމަށް ހުޅަނގުން ކުރާ މަސައްކަތަށް ދެކޮޅުހެދުމަށްވެސް އަޅުގަނޑުވާނީ އަންގާފައި"، ރައީސް ރަނިލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު