ފިރިހެން މީހާގެ ފޯނުގެ ޕާސްވޯޑު، އަންހެން މީހާ ދޭން ބުނުމުން ސަޢުދީ ޢަރަބިއްޔާގެ ދެ ޒުވާނުންގެ އަލަތު ކައިވެންޏަށް ހުރަސްއެޅި، ކައިވެނި ނުކޮށް ހުއްޓާލައިފިއެވެ.

ކައިވެނީގެ ގޮށްޖަހައިދޭ، ރަސްމީ ޢަގުދުގެ ( ކޮންޓްރެކްޓުގެ) ޝަރުޠެއްކަމުގައި މިކަން ހިމަނަން، އަންހެން ކުއްޖާ އެދުމުން، މިޝަރުޠު ޢަގުދުގައި ހިމަނަން ބޭނުންނުވާކަމަށް، ހަމަ އެވަގުތު، ފިރިހެންކުއްޖާ ބުނުމުން، މިކައިވެނި ނުކުރެވި، ކައިވެނިކުރުންވަނީ ކެންސަލުވެފައެވެ.

މިކައިވެނި ކޮށްދެއްވުމާއި ހަވާލުވެވަޑައިގެން އުޅުއްވި އޮފިޝަލް ، ޞާލިޙް ބުޚާރީ ވިދާޅުވި ގޮތުގައި، ކައިވެނީގެ ޝަރުޠުތައް، ކައިވެނީގެ ޢަގުދުގައި ( ކޮންޓްރެކްޓުގައި ) ލިޔުއްވަނީ ދެފާރުގެ ޚިޔާލާއި އެއްގޮތަށެވެ.

ބުޚާރީ ވިދާޅުވި ގޮތުގައި ކައިވެނީގެ ޢަގުދުގައި، ހިމަނަން ބޭނުންވާ ކަމެއް، ދެބައިވެރިންކުރެ، ކޮންމެ ބައިވެރިޔަކަށްވެސް ހިމެނުމުގެ ޙައްގުލިބިގެންވެއެވެ. ނަމަވެސް މި ޝަރުޠުތަކަކީ ދެބައިވެރިންނަށް އިޙްތިރާމުކުރެވޭ ޝަރުޠުތަކަކަށް ވާންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކައިވެނީގެ ޝަރުޠުތަކުގެ ތެރޭގައި ސަޢުދީ އަންހެން ކުދިން ހިމަނާ ކަންތަކުގެ ތެރޭގައި، ވަކިން ދިރިއުޅެވޭނެ ގެއެއް ހުރުމާއި، ފެންވަރު ރަނގަޅު ކާރެއް އޮތުމާއި، ގޭގައި އަންހެން ޚާދިމުން (މެއިޑުން) ބޭތިއްބުމާއި، ކާރުދުއްވުމަށް ފިރިމީހާ ހުރަސްނޭޅުމާއި، އިތުރު މީހަކާއި ފިރިމީހާ ކައިވެނިކޮށްގެން ނުވުމާއި، މިފަދަ އެތައް ކަމެއް ހިމެނޭކަމަށް ބުޚާރީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން