ސަޢުދީ ޢަރަބިއްޔާގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން، ޖިސްމުން ގުޅިފައިވާ ސޫރިޔާގެ ނިބޫ ދެކުދިންކަމުގައިވާ އިޙްސާނާއި ބައްސާމް ވަކިކޮށްފިއެވެ.

މިދެކުދިން ވަކިކުރުމަށް އިއްޔެ ކުރި ކާމިޔާބު އޮޕަރޭޝަންކުރީ ސަޢުދީގެ ހޮސްޕިޓަލެއްކަމަށްވާ ކިންގް ޢަބްދުﷲ ސްޕެޝަލިސްޓް ޗިލްޑްރަން ހޮސްޕިޓަލުގައިއެވެ.

ހަތްގަޑިއިރާއި ބައި ހޭދަވި، އޮޅުންބޮޅުން ބޮޑު އޮޕަރޭޝަނަކަށްފަހު، ތިރީސް ދެމަހުގެ އިޙްސާނާއި ބައްސާމުގެ ހާލު ރަނގަޅުކަމަށް ސަޢުދީ ނޫސްތަކުން ބުނެއެވެ. މިދެކުދިން އުފަންވިއިރުންސުރެ ފެށިގެން، ދެކުދިން ދިޔައީ މެޔާއި ބަނޑާއި ގޮހުރު ހިއްސާކުރަމުންނެވެ. ނަމަވެސް، ހަށިގަނޑުގެ މިބައިތަކުގެ ތެރެއިން ބޮޑުބައި ލިބިފައިވަނީ އިޙްސާނަށެވެ. މީގެ އިތުރުން ބައްސާމުގެ ކުޑަކަމުދިޔުމާއި ތަނާސުލީ ނިޒާމް (ރިޕްރޮޑަކްޓިވް ސިސްޓަމް) އުފަންވިއިރުވެސް ނެތްކަމަށް ވެއެވެ.

މި އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައިވަނީ ދެ ޙަރަމުގެ ޚާދިމު ސަލްމާން ރަސްގެފާނާއި ވަލީޔުލް ޢަހްދު މުޙައްމަދް ބިން ސަލްމާންގެ އިރުޝާދުގެ ދަށުން ޑޮކްޓަރ ޢަބްދުﷲ އައްރަބީޢާގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.

ހަތްގަޑިއިރަށްވުރެ ދިގުދެމިގެންދިޔަ މި އޮޕަރޭޝަންކުރި ޓީމުގައި ބާވީސް މީހުން ހިމެނެއެވެ. އޭގެ ތެރޭގައި މުސްތަޝާރުންނާއި ، ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނާއި، ފަންނީ މީހުންނާއި ނަރުހުންނާއި އެހީތެރިން ހިމެނެއެވެ. މި އޮޕަރޭޝަންކޮށްފައިވަނީ ފަސް މަރުޙަލާޔަކަށް ބަހާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން