ބައެއް ގައުމުތަކުގައި އެހެން ގޮތަކަށް އޮތްކަމުގައިވިޔަސް ، ޚަތިމުގެ ޙުރުމަތްކެނޑުމަކީ ރޫސީވިލާތުގެ ގާނޫނުލްޢުގޫބާތުން އަދަބުދެވޭ ޖިނާއީ ކުށެއްކަމަށް ރޫސީވިލާތުގެ ރައީސް ވްލެޑެމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެންގެ ގައުމުގައި މިކަމަކީ، އަޅުގަނޑުމެންގެ ގާނޫނުއަސާސީއާއި ގާނޫނުލްޢުގޫބާތު ބުނާ ގޮތުން، ޖިނާއީ ކުށެއް"، ރައީސް ޕޫޓިން ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ރައީސް ޕޫޓިން މިހެން ވިދާޅުވީ ރޫސީވިލާތުގެ ޖުމްހޫރިއްޔަތެއް ކަމަށްވާ، ދަގިސްތާނުގެ ޑާބެންޓުގެ ތާރީޚީ މިސްކިތުގައި ހުންނަވާފައެވެ. މިމިސްކިތުން ހަދިޔާއެއްގެ ގޮތުގައި ރައީސް ޕޫޓިނަށް ޚަތިމެއް އެރުވިފައިވެއެވެ.

"ގުރުއާނަކީ މުސްލިމުންގެ މުގައްދަސް ފޮތްކަމުގައި ވީއިރު، އެހެންމީހުންވެސް ވާނެ، މުގައްދަސް ފޮތެއްގެ ގޮތުގައި މިފޮތް ބަލައިގަންނަން. ދާއިމަށް، އަޅުގަނޑުމެން މިގޮތުގައި ހިފަހައްޓާނަން"، ބޮޑުއީދުގެ ތެރޭގައި ދަގިސްތާނުގެ ތާރީޚީ މިސްކިތުގައި ހުންނަވާފައި ރައީސް ޕޫޓިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން