އެކުވެރި ޢަރަބި އިމާރާތުގެ (ޔޫ.އޭ.އީ) މަގުތަކުގައި އަމިއްލަޔަށް ދުއްވާ ކާރު ނުވަތަ ޑްރައިވަރަކާ ނުލައި ދުއްވާ ކާރު ދުއްވުމުގެ ހުއްދަދީފިއެވެ.

ޓްވިޓަރ މެދުވެރިކޮށް މިކަން އިޢުލާނުކުރެއްވީ އިމާރާތުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދް އިބްނު ރާޝިދް އާލި މަކްތޫމްއެވެ.

ވީރައިޑް ކުންފުންޏަށް ދެވުނު މިހުއްދަޔަކީ އިފްތިތާޙީ (ފަށައިގަތުމުގެ ގޮތުން) ހުއްދަޔެއްކަމަށް ޝައިޚް މުޙައްމަދު ވިދާޅުވިއެވެ.

"އަމިއްލަޔަށް ދުއްވާ ހުރިހާ ބާވަތެއްގެ، އެއްގަމުގައި ދުއްވާ، އުޅަނދު މިކުންފުނިން ޓެސްޓުކުރަމުންދާނެ. މިޓެސްޓުތައް ކުރިޔަށްދާނީ، ކުރިމަގުގައި އެއްގަމު އުޅަނދު ބޭނުންކުރާނެ ޠަރީގާޔާއި މެދު، ވިސްނުން ބަހައްޓައިގެންނެވެ." ޝައިޚް މުޙައްމަދްގެ ޓްވީޓުގައި ވިދާޅުވިއެވެ.

ވީރައިޑް ކުންފުންޏަކީ ޗައިނާގެ ގުއަންޖޯގައި މަރުކަޒުވެފައިވާ ޓެކްނޮލޮޖީ ކުންފުންޏެކެވެ. އިމާރާތުގެ އަބޫދާބީގައިވެސް މިކުންފުނީގެ ގޮތްޕެއް ހުރެއެވެ. މިކުންފުނިންދަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ސައްބީސް ސިޓީއެއްގައި، އަމިއްލަޔަށް ދުއްވާ އެއްގަމު އުޅަނދު ދުއްވުމުގެ ދިރާސީ މަރުޙަލާ ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން