އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ ރޮލެކްސް އަތުކުރީ ގަޑި، މޫދުގައި، ސާޅީހަކަށް ފޫޓު އަޑީގައި އޮއަްވާ، ދުބާއީ ފުލުހުން އެގަޑި ހޯދައި، ފަތުރުވެރިޔާއާއި ހަވާލުކޮށްފިއެވެ.

ދެލައްކަ ފަންސާސް ހާސް ދިރުހަމުގެ (68 ހާސް އެމެރިކާ ޑޮލަރުގެ) އަގު ހުރި މިއަތުކުރީ ގަޑި ދުބާއީ ފުލުހުންނަށް ފެނުނީ ޕާމް ޖުމެއިރާއާއި ދިމާ މޫދުންނެވެ. ފަތުރުވެރިޔާގެ އަތުން މިގަޑި މޫދަށް ވެއްޓި ގެއްލުނީ ޔޮޓެއްގައި ކުރި ދަތުރެއްގައެވެ.

"އެގަޑިޔަކީ އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އެއްޗެއް. ގަޑި ފެނުނީ މޫދުން، 38 ފޫޓު އަޑިން،" ގަލްފުނޫހަށް މަޢުލޫމާތުދެމުން ދުބާއީ ފުލުހުން ބުނެފައިވެއެވެ.

މިގަޑި ގެއްލުމުން، ދުބާއީ ފުލުހުންނަށް ގުޅީ ފަތުރުވެރިޔާ ހުރި ޔޮޓުގައި ތިބި އޭނާގެ އެކުވެރިންނެވެ. އެކުވެރިޔާ މޫދުގައި ފީނަމުންދަނިކޮށް، އޭނާ އަތުން ގަޑި ގެއްލުނުކަމަށް އެކުވެރިން ފުލުހުންނަށް ކިޔައިދިނެވެ. ދުބާއީ ފުލުހުން މިގަޑި ހޯދީ ތިރީސް މިނެޓުގެ މަސައްކަތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން