ގަދީމީ ޒަމާނުން ފެށިގެން ކައިވެނީގެ ކަންތައްތައް ކުރާ ގޮތަށް، މެކްސިކޯގެ މޭޔަރަކު އަންހެން ކިނބުލަކާއި ކައިވެނިބައްލަވައިގެންފިއެވެ. މޭޔަރުގެ ނިޔަތަކީ މިކައިވެނީގެ ސަބަބުން ރައްޔިތުންގެ ނަސީބުހެޔޮވުމެވެ.

އިހުގެ ބޯދާ ގޮތް ދިރުއްވަމުން، މޭޔަރ ވިކްތޮރ އޫގޯ ސޯސާ ކައިވެނިބައްލަވައިގެންނެވި ކިނބުލަށް ކިޔަނީ އަލީސިއާ އަދްރިއާނާއެވެ.

މޭޔަރ ސޯސާގެ އަވަށުގެ ޘަގާފަތުގައި މި ކިނބުލަށް ކިޔަނީ "ކަނބުލޮ އަމީރާއެވެ (ޕްރިންސެސް ގާރލްއެވެ)". ކައިވެންޏަށް ފަހު ސޯސާ ވިދާޅުވީ ދެކަނބަލުންގެ މެދުގައި އޮތީ ލޯބިކަމަށެވެ.

މިމުގައްދަސް ކައިވެނީގެ ގޮށް، ސެން ޕެދްރޯ ހުއަމެލޫލާ އަވަށުގައި، ޖެހެމުންދިޔައިރު އެއްވެފައިތިބި މީހުން ދިޔައީ އަތްތިލަބަޑިޖަހަމުންނެވެ.

ސެން ޕެދްރޯ ހުއަމެލޫލާ އަވަށަކީ މެކްސިކޯގެ ދެކުނުގެ ސްޓޭޓެއްކަމަށްވާ އޮއަޚާކާ ސްޓޭޓުގައި އޮންނަ އަވަށެކެވެ. މިއަވަށުގައި ދިރިއުޅެނީ މެކްސިކޯގެ އަސްލު ވަޒަންވެރިންނެވެ.

މިއަވަށުގައި ފިރިހެނަކާއި، އަންހެން ކިނބުލަކާއި ކައިވެނިކުރެވޭތާ މިހާރުވަނީ ދުއިސައްތަ ފަންސާސް އަހަރުވެފައެވެ. މިކައިވެނީގެ ބޭނުމަކީ މެކްސިކޯގެ އަސްލުވަޒަންވެރިންގެ ދެގަބީލާއެއްކަމަށްވާ ޗޮންތަލް ގަބީލާއާއި ވުއާވޭ ގަބީލާއާއި ދެމެދު ވެފައިވާ ޞުލްޙައިގެ ހަނދައިން އާކޮށް އެކަން އިޙްތިފާލުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން