ވަޓްސްއެޕް މެދުވެރިކޮށް ވަރަށް ރަނގަޅު ފެންވަރުގައި (ހައިކުއަލިޓީ) ވީޑިއޯ ފޮނުވޭ ގޮތް ހަދަން ވަޓްސްއެޕުން ތައްޔާރުވެއްޖެއެވެ.

މީގެ ކުރިން ވަޓްސްއެޕުންވަނީ ހައިކުއަލިޓީގައި ފޮޓޯ ފޮނުވޭ ގޮތްވެސް ހަދާފައެވެ. މިގެނެވޭ ބަދަލާއިއެކު، ވަޓްސްއެޕުން ވީޑިއޯއެއް ފޮނުވާއިރު، އެވީޑިއޯ ފޮނުވާނެ ފެންވަރު ޚިޔާރުކުރެވޭނެއެވެ. މިގޮތަށް ވީޑިއޯ ފޮނުވޭ ގޮތް، ތަޢާރަފުކުރުމާއި އެކު، ވީޑިއޯގެ މިންތަކަށް ބަދަލެއް ނާންނަ ގޮތަށް ވީޑިއޯގެ ސައިޒުވެސް ކުޑަކޮށްލެވޭނެއެވެ.

ވަޓްސްއެޕުން މިއިތުރުކުރާ އިޚްތިޔާރު އިތުރުކުރުމުންވެސް، ވީޑިއޯއެއް ފޮނުވުމަށް ހައިކުއަލިޓީ އިޚްތިޔާރުނުކުރާނަމަ، ވީޑިއޯ ފޮނުވޭނީ އާދައިގެ ވިޑިއޯއެއްގެ ގޮތުގައިއެވެ. ދިގު ވީޑިއޯތައް ފޮނުވާއިރު، ހައިކުއަލިޓީ އިޚްތިޔާރުކުރެވޭ ގޮތަށް ސްކްރީނުން ފެންނާނެއެވެ.

މިބަދަލު ވަޓްސްއެޕުން ވަރަށް އަވަހަށް ގެންނާނެކަމަށް ޚަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން