ހުޅަނގު ޔޫރަޕުގެ ގައުމެއްކަމަށްވާ ސްވިޑްންގެ މިސްކިތެއްގެ ބޭރުގައި، މިބޮޑުއީދުތެރޭ ޚަތިމެއް އަންދާފައިވާތީ، ކުފުރުގެ މިޢަމަލު، ސްރީލަންކާ ސަރުކާރުން ކުށްވެރިކޮށްފިއެވެ.

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރު ގޮތެއްގައި. އެމިނިވަންކަން ބޭނުންކުރަންވާނީ އެހެން މީހުންގެ ޙައްގުތަކަށް އިޙްތިރާމުކުރަމުން. ހަމަ އެހެންމެ، އެ މިނިވަންކަން ބޭނުންކުރަންވާނީ މީސްތަކުންގެ މެދުގައި ބައިބައިވުންއުފެދި އެކަން ޢާންމުނުވާނެ ގޮތަށް އަދި ވަކި ދީނެއްގެ ބަޔަކާއިމެދު ނަފުރަތު ޢާއްމުވެގެން ނުދާނެ ގޮތަކަށް،" މިޢަމަލު ކުށްވެރިކުރި ބަޔާނުގައި، ސްރީލަންކާގެ ޚާރިޖީ ވުޒާރާއިން މިދިޔަ ހުކުރު ދުވަހު ބުނެފައިވެއެވެ.

ސްރީލަންކާގެ ޚާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ގައުމީ އަދި ބައިނަލްއަގްވާމީ ޞުލްޙަޔާއި ހަމަޖެހުން، ދެމެހެއްޓުމަށްޓަކައި ގައުމުތަކާއި ފަރުދުން އުފުލަންޖެހޭ ޒިންމާތަކެއް އޮވެއެވެ. އެގޮތުން ދީނީ ތަޢައްޞުބުގެ ޢަމަލުތައް ހިނގުމުގެ ކުރިން، އެކަންކަން ހުއްޓުވުމަކީ ގައުމުތަކާއި ފަރުދުންގެ ޒިންމާއެއްކަމަށް ސްރީލަންކާގެ ޚާރިޖިއްޔާއިން ބުނެފައިވެއެވެ. ހަމަ އެފަދައިން، ފިތުނައިގެ ޢަމަލުތައް ހުއްޓުވުމަކީވެސް، ހުރިހާ ގައުމަކާއި ފަރުދުންގެ ޒިންމާއެއްކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން