މިއަހަރުގެ ޛުލްޙިއްޖާ މަހުގެ، ހައްޖުމަހުގެ، ބާރަ ދުވަހު މައްކާގެ ޙަރަމްފުޅު ސަރަހައްދުން 68،000 ޓަނުގެ ކުނި ނެގިކަމަށް މައްކާގެ މުނިސިޕަލިޓީން ބުނެފިއެވެ.

ހައްޖުގެ އަޅުކަމުގެ މި ބާރަ ދުވަހު، ޙަރަމްފުޅާއި ޙަރަމްފުޅު ހިމެނޭ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމުގައި 13،549 މަސައްކަތްތެރިން ހަރަކާތްތެރިވެފައިވެއެވެ. މިއީ ހަމައެކަނި ހައްޖުގެ އަޅުކަމުގެ ދުވަސްވަރަށް ޚާއްޞަކުރެވުނު ބައެއްކަމުގައި މައްކާގެ މުނިސިޕަލިޓީން ބުނެއެވެ. މިމީހުންގެ ތެރޭގައި އާދައިގެ މަސައްކަތްތެރިންނާއި ޑްރައިވަރުންނާއި ސަރުދާރުންނާއި ކުރާ މަސައްކަތުގެ ފެންވަރުބަލާ މީހުން ހިމެނެއެވެ.

މި ތޭރަހާސް އެތައް ސަތޭކަ މީހުންގެ ތެރެއިން 7،250 މީހުންނަކީ ސީދާ ހަރަމްފުޅު ސަރަހައްދަށް ކަނޑައެޅިފައިވާ ބަޔެކެވެ.

މިމަސައްކަތުގައި ބޭނުންކުރެވުނު އާލާތުގެ އަދަދުވެސް ވަރަށް ގިނައެވެ. ސާފުކުރުމަށް ބޭނުންކުރާ ތަކެތީގެ ގޮތުގައި 912 އިކުއިޕްމަންޓް ބޭނުންކުރެވުނެވެ. މީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ބޭނުންކުރެވިފައިވަނީ ސީދާ ހަރަމްފުޅާއި އެސަރަހައްދު ސާފުކުރުމަށެވެ. މީގެ އިތުރުން އެކިތަންތަނަށް ގެންދެވޭ ގޮތަށް ހަދާފައިވާ މޯބައިލް ހަ ސްޓޭޝަނާއި ކުނި ފިއްތާ ނުވަ ލޮރީ، ސާފުކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ބޭނުންކޮށްފައިވެއެވެ.

ހައްޖުގެ އަޅުކަމުގެ ދުވަސްވަރު (12 ދުވަސް) ހަރަމްފުޅާއި ހަރަމްފުޅު ހިމެނޭ ސަރަހައްދުގައި ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި މައްކާގެ މުނިސިޕަލިޓީން ތިބީ މާކުރިން ތައްޔާރުވެގެންނެވެ.

މިއަހަރުގެ ހައްޖު މޫސުމަކީ އިންތިހާޔަށް ހޫނުގަދަ ދުވަސްވަރެކެވެ. އެހެންކަމުން، ސާފުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންގެ ދުޅަހެޔޮކަމަށްޓަކައި އެމީހުންގެ މަސައްކަތުގެ ގަޑި އޮތީ ދެޝިފްޓަކަށް ބަހާލާފައެވެ. އެގޮތުން އެއްޝިފްޓު މަސައްކަތްކުރީ ހެނދުނުގެ ޝިފްޓުގެ ގޮތުގައެވެ. އަނެއް ޝިފްޓް މަސައްކަތްކުރީ ހަވީރުގެ ޝިފްޓުގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން