ކުޑަކުދިންގެ ސްކޭނާއި އެކްސްރޭއަށް ޚާއްޞަވެފައިވާ، ސްރީލަންކާގައި ހުރީ އެންމެ ޑޮކްޓަރެއްކަމަށާއި، ނަމަވެސް އޭނާ މިހާރުވަނީ ގައުމު ދޫކޮށް އެހެން ގައުމަކަށް ހިޖުރަކޮށްފައިކަމަށް، ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ބުނެފިއެވެ.

މިޖަމްޢިއްޔާއިން ބުނި ގޮތުގައި ސްރީލަންކާގެ ވަރަށް ގިނަ ސްޕެޝަލިސްޓް (ބަލިތަކަށް ޚާއްޞަވެފައިވާ) ޑޮކްޓަރުން މިހާރުވަނީ ގައުމު ދޫކޮށް އެހެނިހެން ގައުމުތަކަށް ހިޖުރަކޮށްފައެވެ.

މިޖަމްޢިއްޔާގެ ޗެއާރމަން ޑޮކްޓަރ އަޝޯކާ ގުނަރަތްނަ ވިދާޅުވި ގޮތުގައި ގައުމުން ބޭރަށް ހިޖުރަކުރި ޑޮކްޓަރުން ޚާއްޞަވެފައިވާ ދާއިރާތަކުގެ ތެރޭގައި، ހިތުގެ ބަލިތަކާއި ކުޑަކުދިންގެ ނާރަށް ދިމާވާ ބަލިތަކާއި ކުއްލިހާލަތްތަކުގައި ދިމާވާ ކަންތައްތަކާއި ކުޑަކުދިންނަށް ކުރިމަތިވާ ނަފުސާނީ ބަލިތައް ހިމެނެއެވެ.

ގުނަރަތްނަ ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ސްރީލަންކާއަށް 4000 ސްޕެޝަލިސްޓް ޑޮކްޓަރުން ބޭނުންވާނެއެވެ. ނަމަވެސް، މިވަގުތު ގައުމުގައި މަސައްކަތްކުރަމުންދަނީ 2000 ސްޕެޝަލިސްޓް ޑޮކްޓަރުންކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން