ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނިލަންދެ އަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅުގައި އެއަތޮޅު ދަރަނބޫދޫއަށް ވަޑައިގެންފިއެވެ.

މިއަދު މެންދުރުފަހު ރައީސްގެ ދެކަނބަލުން ދަރަނބޫދޫއަށް ވަޑައިގެންނެވުމުން، އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ދަރަނބޫދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދަރަނބޫދޫ ރައްޔިތުންނާއިވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ހަމައެހެންމެ ދަރަނބޫދޫ ބަނދަރުވެސް ރަސްމީކޮށް ރައީސް އިފްތިތާޙު ކޮށްދެއްވާނެއެވެ. މިއީ ފ. އަތޮޅަށް ރައީސް ކުރަށްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ކުރަށްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން