ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނިލަންދެ އަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅުގައި އެއަތޮޅު ނިލަންދުއަށް ވަޑައިގެންފިއެވެ.

މިއަދު ހެނދުނު ރައީސްގެ ދެކަނބަލުން ނިލަންދުއަށް ވަޑައިގެންނެވުމުން، އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ނިލަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނިލަންދޫ ރައްޔިތުންނާއިވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ހަމައެހެންމެ ނިލަންދޫގައި ހުރި ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ ހޮސްޕިޓަލުގެ ޙާލަތު ރައީސްގެ ދެކަނބަލުން ބައްލަވާލައްވާނެއެވެ. އަދި އެރަށުގައި އަމިއްލަ ފަރާތަކުން ޤާއިމުކުރި "ތަދްރީސުލް ޤުރުއާނުލްކަރީމް" ޤުރުއާން ކްލާސް ރައީސްގެ ދެކަނބަލުން ހުޅުއްވައިދެއްވާ އެތަން ބައްލަވާލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް މި ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން