އިރުމަތީ އިންޑިއާގެ ޖާރކަންދު ސްޓޭޓުގެ އަންހެނަކު އެއްފަހަރާ ފަސް ކުދިން ވިހައިފި އެވެ.

މިއީ ވަރަށް މަދުން ނޫނީ ނުވާކަމެއްކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.

މިއަންހެން މީހާ ވިހާފައިވަނީ ނިއުދިއްލީގެ އިރުދެކުނުން ގާތްގަނޑަކަށް 1،300 ކިލޯމީޓަރު ދުރުގައި އޮންނަ ސްޓޭޓްގެ ވެރިރަށް ރަންޗީގެ ރާޖެންދްރާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ރިމްސް) ގައެވެ. މި ފަސް ކުދިން ވިހޭއިރު ބަރުދަން ލުއި ނަމަވެސް ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އިތުރު އޮބްޒަވޭޝަން ހެދުމަށް ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި ފަރުވާދެމުންދާކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ކުއިންޓަޕްލެޓްސް ނުވަތަ އެއްމާބަނޑު ފަސްކުދިން ގުދުރަތީ ގޮތުން އުފެދެނީ ކޮންމެ 55 މިލިއަން ކުދިންގެ ތެރެއިން އެއްފަހަރުކަމަށް ދިރާސާ ރިޕޯޓުތައް ބުނެއެވެ. މިފަދައިން ވިހެއި އެއްމާބަނޑު ފަސްކުދިންގެ ތެރެއިން ދިރިހުރިކަން އެނގުނު ފުރަތަމަ ކުއިންޓަޕްލެޓްސް އަކީ 1934 ވަނަ އަހަރު ކެނެޑާއަށް އުފަންވި ޑިއޯން ކުއިންޓަޕްލެޓްސް އެވެ.

އިންޑިއާއަށް ދާދި ފަހުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ދަރަޖަ ލިބިފައިވާއިރު، އެއްމާބަނޑު ކުދިން އުފަންވުމަކީ އިންޑިއާގައި އާންމުކަމެއްކަމަށް ކަމާބެހޭ ގިނަ މާހިރުން ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން