އިންޑިއާގެ އަސާމް ސްޓޭޓް ގައި ވަޒީފާ އަދާކުރާ ފުލުހުންގެ ތެރެއިން މާބޮޑަށް ފަލަވެ ބަރުދަން މާ މަތީގައި އުޅޭ ފުލުހުން ބަރުދަން ލުއި ކުރަން ނުވަތަ ވަޒީފާއިން ވަކިވާން އަންގައިފިއެވެ.

އަސާމް ސްޓޭޓްގެ ފުލުހުންނަށް މިފަދަ އެންގުމެއް އަންގާފައިވަނީ ފުލުހުން ފިޓްކޮށް ތިބުމުން، މަސައްކަތުގެ ގޮތުން އާންމުންގެ އެއްބާރުލުމާއި އިތުބާރު އިތުރުވެގެންދާނެކަމަށް ބުނެއެވެ.

އިންޑިއާގެ ފުލުހުން ފަލަވެ ބަރުދަން މަތިވާ މައްސަލައަކީ މިހާރު އާންމުކަމެއްކަމަށް ބައެއް މީހުން ސިފަކުރެއެވެ. އަދި މިފަދަ މައްސަލަ ތަކުގެ ސަބަބުން އިންޑިއާގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފުލުހުންނަށް ހާއްސަ ޑައިޓެއް ތައާރަފުކޮށް، ފިޒިކަލް ފިޓްނަސްއަށް އިސްކަން ދޭން އެތައް ފަހަރެއްގެ މަތި ލަފާދީފައިވެސްވެއެވެ.

އެގޮތުން 2018 ވަނަ އަހަރު އިންޑިއާގެ ކަރްނާޓަކާގެ ފުލުހުންނަށް ވަނީ ބަރުދަން ލުއިކުރުން ނުވަތަ ހިދުމަތުން ސަސްޕެންޑް ކުރުމުގެ އިޚްތިޔާރު ދީ، ކުޅިވަރު ކްލާސްތަކާއި ޑައިޓްރީޝަނުންގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މީގެއިތުރުން، 2020 ވަނަ އަހަރު ޕަންޖާބުގެ ކޯޓަކުން ވަނީ ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނާއި ފިލަން ދުވާމީހުން ފަހަތުންނާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ރެއިޑު ޖަހާ ފުލުހުންގެ ބަރުދަން މަތީގައި ހުންނަނަމަ އެމަސައްކަތަަަށް އެކަށޭނަ ނޫންކަމަށް ނިންމައި، މަސައްކަތުން އެކަހެރިކޮށްފައެވެ.

އަދި 2022 ވަނަ އަހަރު އިންޑިއާގެ ޖަޒީރާ ސަރަހައްދެއް ކަމަށްވާ އަންޑަމަންއާއި ނިކޮބާރުގެ ފުލުހުން ވަނީ އެންމެ ބަރު އޮފިސަރުންނަށް ހާއްސަކޮށް ބަރުދަން ލުއިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން