މަރިޔަމް ލަމްޙާ ރަޝީދު   16 މޭ 2023 - 13:50
ޗެޓް ޖީޕީޓީ އާއި ވާދަކުރުމަށް ގޫގުލްގެ ބާރޑް
ޗެޓް ޖީޕީޓީ އާއި ވާދަކުރުމަށް ގޫގުލްގެ ބާރޑް
އޮޕެން އޭއި ކުންފުނީގެ ޗެޓް ޖީޕީޓީ ލޯންޗުކޮށްފައިވަނީ މިދިއަ އަހަރު ނޮވެންބަރު މަހުގައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންޓަރނެޓްގައި މަޝްހޫރުވި މިޕްލެޓް ފޯމާއި ވާދަކުރުމަށް ގޫގުލް އިންމިވަނީ ގޫގުލް ބާރޑް ނެރެފައެވެ.

ޖެނެރޭޓިވް އޭއިގެ މި ދެ ޕްލެޓްފޯމަކީވެސް މީހުން އަހާ ސުވާލުތަކަށް އޮޓޮމެޓިކުން ޖަވާބު ޖެނެރޭޓްކޮށްދޭ އެކިކަންކަމުގައި މައުލޫމާތު އަވަހަށް ހޯދައިގަނެވޭނެ ގޮތަށް ތައްޔާރު ކުރެވިފައިވާ ޕްލެޓް ފޯމްތަކެކެވެ. މީގެ ކުރީގައި މައުލޫމާތެއް ހޯދުމަށް އެކި ބްރައުޒަރތައް ހޯދަން އެތައް އިރެއް ނަގާއިރު މިހާރު ޗެޓް ޖީޕީޓީ ނުވަތަ ބާރޑުގައި ސުވާލެއް ކޮށްލުމުން ސިކުންތުކޮޅެއްގެ ތެރޭގައި ޖަވާބު ލިބެއެވެ.

ޗެޓް ޖީޕީޓީ ލޯންޗުކުރުމާއިއެކު ވިޔަފާރިތަކާއި ކިޔަވައިދެއްވާ މުދައްރިސުންނާއި އަދި އާއްމުންވެސް އެކިއެކި ބޭނުންތަކުގައި އެޕްލެޓްފޯމްގެ ބޭނުން ހިފަންފެށިއެވެ. ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއިގެ ތަޖުރިބާކާރުން ބުނާގޮތުގައި މިގޮތަށް ޕްލެޓްފޯމަކުން ނެރެވޭ މައުލޫމާތަކީ ގިނަ ސޯސްތަކަކުން އެއްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ބިނާވާ އެއްޗެއް ކަމުން މައުލޫމާތު މަސްހުނިވެ ނުބައި ޑޭޓާ ސޯސްތަކުން މައުލޫމާތު ލިބިދެވޭ ހާލަތްތައްވެސް އަންނަ ކަމަށެވެ.

އެހެންކަމުން މިފަދަ ކޮންމެ ޕްލެޓްފޯމެއްގައިވެސް ފައިދާތަކާއިއެކު ގެއްލުންވެސްވުމީ އެކަށީގެންވާކަމަށް ވެއެވެ. މިހާރު މައިކްރޯސޮފްޓުންވެސް ވަނީ އޮޕެން އޭއައިއާއި އެއްކޮށް ޗެޓްޖީޕީޓީގެ ކޮލަބޮރޭޝަން އެއްބަސްވުމެއްގައި ސޮއިކުރުމަށް އެނައުންސްކޮށްފައެވެ.

މިއާއިއެކު ގޫގުލްގެ މައި ކުންފުނި އަލްފަބެޓް އިންވެސް ޔޫޒާއާއި ވާހަކަދައްކާ ބާރޑް ނަމަކަށް ކިޔާ ޗެޓް ބޮޓެއް މިވަނީ ލޯންޗުކޮށްފައެވެ. ދެ ޕްލެޓްފޯމް އެއްގޮތްނަމަވެސް ދެ ޕްލެޓް ފޯމްގައިވެސް ތަފާތުތަކެއް ހިމެނެއެވެ.

ޗެޓް ޖީޕީޓީ:

ޗެޓް ޖީޕީޓީއަކީ މިހާރު 1 މިލިއަން ޔޫޒާ ބޭނުންކުރަމުންދާ ކޮންވަޒޭޝަނަލް ޑައިލޮގް ބޭނުންކުރާ ޕްލެޓް ފޯމެކެވެ. ޗެޓް ޖީޕީޓީ މެދުވެރިކޮށް ޖެނެރޭޓްކުރާ ކޮންޓެންޓް ތެރޭގައި ކޯޑު، ބްލޮގް ޕޯސްޓްތައް، އީމެއިލް ޑްރާފްޓްކޮށްދިނުން، ޓްރާންސްކްރިޕްޓް، މީޓިން މިނިޓްސް ޚުލާސާކޮށްދިނުމާއ ޤާނޫނުތައް އާއްމުންނަށް ތިލަކޮށްދިނުން ހިމެނެއެވެ. މި ޕްލެޓްފޯމް އުފެދުމާއި ގުޅިގެން ދަރިވަރުން ޓެސްޓުތަކާއި އެސައިންމަންޓުތަކުގައި މަކަރު ހެދުމަށް މަގުފަހިވެދާނެކަމަށް ކިޔަވައިދެއްވާ މުދައްރިސުންނާއި ޕްރޮފެސަރުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ޖެނުވަރީގައި އޭއައި ޓެކްސްޓް ކްލަސިފަޔަރ ވަނީ ލޯންޗުކޮށްފައެވެ.

ބާރޑް:

ބާރޑަކީވެސް އިންޓަރނެޓުގައި ލިބެންހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ޔޫޒާއިން ކުރާ ސުވާލުތަކަށް ޖަވާބު ވާހަކަ ދައްކާ އުސޫލުން ފޯރުކޮށްދޭ ޕްލެޓްފޯމެކެވެ. ގޫގުލްގައި ކުރާ ސުވާލުތަކަށް ޖެނެރޭޓްވާ މައުލޫމާތުތަކަށްވުރެ މާފުރިމަ އަދި އިތުބާރު ހިފޭ މައުލޫމާތުތައް މި ބޮޓް މެދުވެރިކޮށް ލިބޭނެކަމަށް ގޫގުލްއިން ބުނެއެވެ.

ދެކުންފުނީގެ އެންމެ ބޮޑު ތަފާތަކީ ބާރޑްގެ މައުލޫމާތުތަކަކީ އިންޓްރނެޓުން އެއްކުރެވޭ މައުލޫމާތު ތަކެކެވެ. ނަމަވެސް ޗެޓް ޖިޕީޓީއަކީ 2021 އާއި ހަމައަށް ފީޑްކޮށްފައި ހުރި މައުލޫމާތުތަކެއްގެ މައްޗަށް ޖަނަރޭޓްކުރެވޭ މައުލޫމާތުތަކެވެ. އަދި ބާރޑްއިން މާ ގިނަ މައުލޫމާތުތަކެއް އެއްފަހަރާ ދޭއިރު ޖީޕީޓީއިން ދޭ މައުލޫމާތު ހުންނަނީ ޚުލާސާވެފައި އެންމެ ޓެކްސްޓަކުންކަންވެސް ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން