މޫވް ފޯވާޑް ޕާޓީގެ ލީޑްރ ޕިޓާ ލިމްޖަރޮއެންރާޓް.
މޫވް ފޯވާޑް ޕާޓީގެ ލީޑްރ ޕިޓާ ލިމްޖަރޮއެންރާޓް.
އަސްކަރިއްޔާގެ ތާއީދު އޮންނަ ސަރުކާރަށް ދެކޮޅު ހަދައި، ތައިލެންޑުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއިން އިދިކޮޅަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން ބޮޑުވަޒީރު ޕްރަޔޫތު ޗާން-އޯޗާ ފަހަތަށް ޖައްސައި، އިދިކޮޅު ދެޕާޓީ ކަމަށްވާ މޫވް ފޯވާޑް އަދި ފެއު ތައި އަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

މި އިންތިޚާބަކީ ފާއިތުވި އަހަރުތަކުގައި އަސްކަރީ ބަޣާވާތްތައް ތަޖުރިބާކޮށްފައިވާ ތައިލެންޑަށް ލިބުނު ހެޔޮ ބަދަލެއް ކަމަށް ގިނަބަޔަކު ސިފަކުރެއެވެ.

ތައިލެންޑުގެ ބޮޑުވަޒީރު ޕްރަޔޫތު ވެސް ވެރިކަމަށް ވަޑައިގަތީ 2014 ވަނަ އަހަރު އެގައުމުގައި ކުރިއަށްދިޔަ ބަޣާވާތުގައި އިސްކޮށް އުޅުއްވައި ބަޣާވާތް ކާމިޔާބު ކުރެއްވުމަށްފަހުއެވެ. ނަމަވެސް މިފަހުގެ އިންތިހާބުގައި އެމަނިކުފާނަށް ގޮންޖަހާލީ އަސްކަރިއްޔާގެ ބާރުހިނގާ ވެރިކަމާ ދެކޮޅު ދެ ޕާޓީ އިން ކުރި ހޯދައެވެ.



ވަގުތީ ނަތީޖާ އިން ދައްކާގޮތުން އިންތިހާބުގެ ކުރީގައި އުޅެނީ މޫވް ފޯވާޑް ޕާޓީއެވެ. މޫވް ފޯވާޑްކުރި ހޯދާފައިވަނީ ޕާޓީގެ ޓިކެޓުގައި ވާދަކުރަމުންދާ ޓެކް އެގްޒެކެޓިވް ޕިޓާ ލިމްޖަރޮއެންރާޓް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން