ނައިޖީރިއާގެ ކުވާރާ ސްޓޭޓް އިލޮރިންގައި ހުންނަ ހޮސްޕިޓަލެއްގައި ނަރުހަކު އޮޕަރޭޝަން ކުރަމުން ގޮސް މެދު އުމުރުގެ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ އަޔޮޑެލޭ ޖޯސެފް ޕެރޭޑް އޭނާ އެ ނަރުސް މީހާ ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ނައިޖީރިއާގެ ކުވާރާ ސްޓޭޓް ކޮމިޝަނަރު އޮފް ޕޮލިސް ޕޯލް އޮޑާމާ ވިދާޅުވީ ކުވާރާ ސްޓޭޓް އިލޮރިންގެ ހޮސްޕިޓަލުގައި އެ ނަރުސްމީހާ އޮޕަރޭޝަން ކުރަމުން ގޮސް ރޭޕްކުރި ކަމުގެ ތުހުމަތުގައި ޑޮކްޓަރު އަޔޮޑެލޭ ޖޯސެފް ޕެރޭޑް ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމަައްސަލައިގައި އިތުރު 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ސްޓޭޓްގެ ފުލުހުން ބުނެއެވެ.

މި އަމަލުގައި ޑޮކްޓަރާއެކު އެކި ގޮތްގޮތުން އެހީތެރިވެދީ ބައިވެރިވިކަމަށް ޝައްކު ކުރެވޭ މީހުންނަށް ހައްޔަރުކުރުމަށްފަހު ކޮމިޝަނަރު އޮދާމާ ވިދާޅުވީ ޖޯސެފް އަކީ އެ ސްޓޭޓްގެ އެންމެ ނުރައްކާތެރި އެއް މެޑިކަލް ޕްރެކްޓިޝަނަރު ކަމަށެވެ. 

ރޭޕުގެ އަމަލު ހިންގާފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހު އެވެ. 

މިކަން ފަޅާއަރާފައިވަނީ ނަރުސް މީހާ އޮޕަރޭޝަން ކުރުމުގެ ކުރިން އޭނާ ސިއްރުން ފޯނު ބަހައްޓައިގެން ވީޑިއޯ ރެކޯޑުކޮށް ފަހުން އެ ވީޑިއޯ ބެލުމުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މިމައްސަލައިގައި ތުހުމަތުކުރެވޭ ޑޮކްޓަރު ފަރުވާ ކުޑަކުރުމުގެ ސަބަބުން ބަލި މީހަކު މަރުވި މައްސަލައެއް ވެސް އެގައުމުގެ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން