އިޓަލީގައި މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި މާފިޔާ ގޭންގެއްގެ މީހަކު ހައްޔަރުކުރަނީ
އިޓަލީގައި މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި މާފިޔާ ގޭންގެއްގެ މީހަކު ހައްޔަރުކުރަނީ
އިޓަލީ ވިލާތުގެ އެންމެ ބާރުގަދަ މާފިއާ ގޭންގަށް ނިސްބަތްވާ ކަމަށް ޝައްކު ކުރެވޭ އިތުރު 61 މީހަކު ހައްޔަރުކޮށްފިއެވެެ.

އިޓަލީގެ ފުލުހުން ބުނީ "ނުޑްރަންގޭޓާ" ކިޔާ މާފިޔާ ގޭންގަށް ނިސްބަތްވާ 61 މީހުން ހައްޔަރުކުރީ ހަތް ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ ސިލްސިލާ ރޭޑްތަކެއްގައި ކަމަށެވެ. އެއީ މަކަރާއި ހީލަތާއި މަސްތުވާތަކެތީގެ ވިޔަފާރި، ސަރުކާރަށް ވަދެ، ދަނޑުވެރިންގެ އަތުން ފައިސާ ހޯދުމުގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ކަމުގައި އިޓަލީގެ ފުލުހުން ބުނެއެވެ.



ޖުމްލަ 167 މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވެފައި ވާއިރު، އޭގެ ތެރޭގައި މިހާރު ޖަލުގައި ތިބި ދިހަވަރަކަށް ފުލުހުން ހިމެނެ އެވެ.



އެ ސްޓިންގް އަކީ އެ ގްރޫޕާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރިއަށް ގެންދިޔަ ފުޅާ އޮޕަރޭޝަނެއްގެ ބައެކެވެ.

މިދިޔަ ހަފްތާގައި މުޅި ޔޫރަޕްގައި 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވަނީ 'ނުޑްރަންގޭޓާ' އާ ދެކޮޅަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަންގައި ކަމަށް އިޓަލީ ފުލުހުން ވަނީ ބުނެފައެވެ.

އިޓަލީ އާއި ބެލްޖިއަމްގެ ތަހުގީގު ކުރާ އިންވެސްޓިގޭޝަން އޮފިސަރުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި އެ ގްރޫޕުން ވަނީ އޮކްޓޯބަރު 2019 އާއި ޖެނުއަރީ 2022 އާ ދެމެދު 25،000 ކިލޯއާ ގާތްކުރާ އަދަދަކަށް ކޮކެއިން އެތެރެކޮށްފައެވެ. މީގެ އިތުރުން ކެލަބްރިއާ އިން ބެލްޖިއަމް، ނެދަލެންޑްސް އަދި ދެކުނު އެމެރިކާއަށް 22 މިލިއަން ޔޫރޯއަށް ވުރެ ގިނަ ޔޫރޯ ފޮނުވާފައިވާ ކަމުގެ ތުހުމަތު ވެސް އެ މާފިޔާ ގުރޫޕްގެ މައްޗަށް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން