އިންޑިއާގެ ދެކުނުން ތޮއްޖެހިފައިވާ ޑަބަލް ޑެކަރ ޓޫރިސްޓް ދޯންޏެއް ބަންޑުން ޖަހާލުމުން ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 22 މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ކެރެލާ ސްޓޭޓްގެ ތަނޫރު ޓައުން ކައިރިން އާދީއްތަ ދުވަހުގެ ރޭ ދަންވަރު ހިނގާދިޔަ މިހާދިސާގައި ބަންޑުން ޖަހާލި އުޅަނދުގައި 40 މީހަކު ދަތުރުކުރިކަމަށްވެއެވެ. ބަންޑުން ޖަހާލައިފައިވަނީ ފަތުރުވެރިކަމަށް ބޭނުންކުރާ ދޯންޏެއްކަމަށްވެއެވެ.



މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ 11 މީހަކު ހިމެނޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި މިހާދިސާއިން ސަލާމަތްވުމަށް ބޯޓުން ބަޔަކު ފުންމާލިކަމަށްވެސް ސަލާމަތްވި މީހުންގެ ތެރެއިން މީހަކު ހާމަކޮށްފައިވެއެވެ.

ކެރެލާގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޗީފް، ސަންދިޔާ ހާމަކޮށްފައިވާގޮތުން، ގެއްލުނު ފަސިންޖަރުންގެތެރެއިން ނުފެނިގެން އުޅުނު އަށް އަހަރުގެ ކުޑަކުއްޖާ ދިރިހުއްޓާ ފެނުމުން، ހޯމަ ދުވަހު ވަނީ ރެސްކިއު މަސައްކަތް ހުއްޓާލައިފައެވެ.

މިހާދިސާ އާއި ގުޅިގެން ބޯޓުގެ ވެރިޔާ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން