ފަހުގެ ހަބަރުތައް ގެނެސްދިނުމުގައި މަޝްހޫރުކަން ހޯދާފައިވާ ދަ ނިއުޔޯކް ޓައިމްސްގެ ޓްވިޓަރ އެކައުންޓުން ޗެކް މާކަކީ ނަގައިފިއެވެ.

ޓްވިޓަރގެ މި ޗެކްމާކަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ އިންޕޯސްޓަރުންނާއި ތަފާތުކޮށް ވެރިފައި ކުރުމަށް އެހީތެރިވެދިން ބްލޫ ޗެކްމާކެކެވެ. ނިއުޔޯކް ޓައިމްސް ގެ ޓްވިޓަރ ޗެކް މާކް ނަގާފައިވަނީ ޓްވިޓަރ އަށް ގެނައި ބަދަލުތަކާއި އެކު، ޓްވިޓާގެ ހައި ޕްރޮފައިލް ޔޫޒަރުންގެ ތެރެއިން ގިނަ ބަޔަކު އެމީހުންގެ އައިޑެންޓިޓީ ޔަގީންކޮށްދޭ ބްލޫ ޗެކް މާކް ގެއްލިގެންދާނެކަމުގެ އިޝާރާތްތަކެއް ލިބިފައިވަނިކޮށެވެ.

ޓްވިޓާގެ ހައި ޕްރޮފައިލް ޔޫޒަރުންނަށް ދޫކުރަމުންދިޔަ ވެރިފައިޑް ޗެކްމާރކް ދޫކުރުމުގެ ގަވާއިދަށް ގެނައި ބަދަލާއެކު ޓްވިޓާގެ ވެރިޔާ އީލަން މާސްކް ވަނީ ވެރިފައިޑް ޔޫޒަރުންނަށް ޕްރީމިއަމް ޓްވިޓާ ސަބްސްކްރިޕްޝަނެއް ހޮނިހިރު ދުވަހުގެ ކުރިން ގަތުމަށް އަންގާފައެވެ. އަދި މިސަބްސްކްރިޕްޝަން ނުގަންނަ ފަރާތްތަކަށް ދޫކޮށްފައިވާ ވެރިފައިޑް ޗެކްމާރކް ނަގާނެކަން ވެސް އީލަން މަސްކް ވަނީ އަންގާފައެވެ.

މިކަމާއި ގުޅިގެން ދަ ނިއުޔޯކް ޓައިމްސް އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ޓްވިޓަރ އެކައުންޓްތައް ވެރިފައި ކުރުމަށް ޓްވިޓާއަށް ފައިސާ ނުދޭނެ ކަމަށް ބުނެފައިވެއެވެ.

ޓައިމްސް ގެ މިނިންމުމާއިއެކު، އާދީއްތަ ދުވަހުގެ ވަގުތެއްގައި އީލަން މާސްކް ކުރެއްވި ޓްވީޓެއްގައި ވަނީ ޓައިމްސްގެ ޗެކް މާކް އުނިކުރާނެ ކަމަށް ވިދާޅުވެފައެވެ. ފަހުން އޭނާ ވަނީ ޓްވިޓާގެ ކަންކަމާއި ބެހޭގޮތުންނާއި، މާސްކްގެ އިލެކްޓްރިކް ކާރު ކުންފުނި ޓެސްލާގެ ޕާޝިއަލީ އޮޓޮމެޓިކް ޑްރައިވިން ސިސްޓަމްތަކުގައި ހުރި އުނިކަންތައްތަކާ ބެހޭ ގޮތުން ޓައިމްސް އިން ދޮގު މައުލޫމާތު ދެމުންދާކަަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއްވެސް ކޮށްފައެވެ.

ދަ ނިއުޔޯކް ޓައިމްސް ގެ އިތުރުން އެސޯސިއޭޓެޑް ޕްރެސް އިންވެސް ވަނީ ޓްވިޓަރގެ ވެރިފައިޑް ޗެކްމަރކް ހޯދުމަށް ފައިސާ ދައްކައި ސަބްސްކްރިޕްޝަން ނުހޯދާނެކަމަށްބުނެފައެވެ. ނަމަވެސް އަދިވެސް އެސޯސިއޭޓެޑް ޕްރެސްގެ ޓްވިޓަރ އެކައުންޓަކީ ޓްވިޓަރގައި ވެރިފައިކޮށް ޗެކްމަރކް ލިބިފައިވާ އެކައުންޓެކެވެ.

ޓްވިޓަރގައި ވެރިފައިކޮށް ޗެކްމަރކް ބަހެއްޓަން ބޭނުންވާ ވަކި ވަކި ފަރުދުން މަހަކު 8 ޑޮލަރު ދައްކަން ޖެހެއެވެ. އަދި އެކި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން މަހަކު 1،000 ޑޮލަރަށްވުރެއް ދަށް ނޫން އަދަދެއްގެ ސަބްސްކްރިޕްޝަން ފީއެއް ދައްކަން ޖެހޭނެކަމަށް ޓްވިޓަރ ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން