އިންޑިއާގެ މަދިޔަ ޕްރަދޭޝްގައި ކޮންކްރީޓް ގަނޑެއް ވެއްޓުމުގެ ހާދިސާގައި 35 މީހަކު މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ހިންދޫންގެ ފައްޅިއެއްގައެވެ.

ރިޕޯޓުތައް ބުނާގޮތުން ގިނަބަޔަކު އަޅުކަމަށް އެއްވެ ތިބި ކޮންކްރީޓް ގަނޑަކީ ފެން ވަޅެއްގެ މަތީގައި އަޅާފައި އޮތް ކޮންކްރީޓް ގަނޑެކެވެ. އެ ކޮންކްރީޓް ގަނޑު ފަޅައިގެންގޮސް އޭގެ މަތީގައި ތިބި ގިނަ ބަޔަކު ގާތްގަނޑަކަށް 40 ފޫޓު (12 މީޓަރު) ފުންމިނުގެ ވަޅަށް ވެއްޓި ހިނގާދިޔަ މި ހާދިސާގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ފައްޅި ބިނާކޮށްފައިވަނީ މީގެ 40 ވަރަކަށް އަހަރު ކުރިން ފެންވަޅެއްގެ މަތި އެޅުމަށްފަހު، އޭގެ މައްޗަށް ވާގޮތަށެވެ.

މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ފޮނުއްވި ތައުޒިއާގެ މެސެއްޖެއްގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ އެއާއިލާތަކަށް 200،000 ރުޕީސްގެ ދިނުމަށް އިއުލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން