ރޭޑިއޯ އެކްޓިވް ސުނާމީއެއް ހިލުވާލެވޭނެފަދަ ކަނޑު އަޑީގެ ޑްރޯނެއް އުތުރުކޮރެއާއިން ޓެސްޓުކޮށްފިއެވެ.

މި ސިއްރު ހަތިޔާރު ކަނޑު އަޑިއަށް ދޫކޮށްލާފައިވަނީ އުތުރު ކޮރެއާގެ ސައުތު ހަމްޔޮންގް ޕްރޮވިންސުގައެވެ. މި ހަތިޔާރު ގޮއްވާލުމުގެ ކުރިން ވައިގެ މަގަށްފަހު، ކަނޑު އަޑީގެ 80 މީޓަރާއި 150 މީޓަރާއި ދެމެދުގެ ފުންމިނަށް، 59 ގަޑިއިރަށް ވުރެ ގިނައިރު ކްރޫޒްކޮށްފައިވެއެވެ.

އުތުރު ކޮރެއާގެ ސްޓޭޓް މީޑިއާއިން ހާމަކޮށްފައިވާގޮތުން މި ހަތިޔާރު ފަރުމާކޮށްފައިވަނީ ރޭޑިއޯއެކްޓިވް ބޮޑު ރާޅަކާއެކު ދުޝްމަނުންގެ އުޅަނދުތަކަށާއި ބަނދަރުތަކަށް ހަމަލާ ދިނުމަށެވެ. އަދި މި ޑްރޯން އަކީ އައްސޭރިފަށުންނާއި، ބަނދަރުތަކުގެ އިތުރުން ކަނޑު އުޅަނދެއްގެ އެހީގައިވެސް އޮޕަރޭޓް ކުރެވޭނެ ހަތިޔާރެއްކަމަށްވެސް ސްޓޭޓް މީޑިއާއިން ހާމަކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން ދެކުނު ކޮރެއާގެ ރަައީސް ވަނީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު އިތުރުކޮށް، މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ވަރަށް މިސައިލް ހަމަލާ ޓެސްޓުކޮށް ބިރުދައްކަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ.

ހުސްވި އަހަރު އެކަނިވެސް އުތުރު ކޮރެއާއިން ވަނީ 90 އަށްވުރެއް ގިނަ މިސައިލް ޓެސްޓުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން