ޔޫކްރެއިނަށް މާލީ އެހީތެރިކަން ދޭން އިންޓަނޭޝަނަލް މަނީޓަރީ ފަންޑް، އައިއެމްއެފުން ނިންމައިފިއެވެ.

މިއެހީއާއެކު ޔުކްރެއިން ވެގެންދާނީ ހަނގުރާމަ މަތީ އޮތް ގައުމަކަށް އައިއެމްއެފުން ލޯނެއް ދޭ ފުރަތަމަ ގައުމަށެވެ.

އައިއެމްއެފުން ބުނީ 15.6 ބިލިއަން ޑޮލަރު (12.8 ބިލިއަން ޕައުންޑް) ގެ ލޯނެއް ދިނުމަށް ޔޫކްރޭނާއެކު ސްޓާފް ލެވެލް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަސްމީކޮށް މިއެއްބަސްވުން ފާސްކުރެވިގެން ދާނެކަމަށެވެ.

މިއެހީ ވެގެންދާނީ ރަޝިޔާއިން އަރައިގަތުމަށްފަހު ޔޫކްރޭނަށް ލިބޭނެ އެންމެ ބޮޑު އެއް ފައިނޭންސިން ޕެކޭޖަށެވެ.

"ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުން އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރަމުން އެބަދޭ... ކެޕިޓަލް ސްޓޮކްގެ ބޮޑު ބައެއް ގެއްލި، މާލީ ހާލަތު ވަނީ މައްޗަށް ގޮސްފައި،" އައިއެމްއެފް އިން އާންމު ކުރި ބަޔާނެއްގައި އެޖަމިއްޔާގެ އޮފިޝަލް ގެވިން ގްރޭ ވިދާޅުވި އެވެ.

"މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ފަންޑުން ލޯނު ދިނުމާއި ބެހޭ އާސިޔާސަތާއި އެއްގޮތަށް. މިހެންކަމުން ޖީ7 އާއި އީޔޫ ހިމެނޭ ގޮތަށް ޑޯނަރުންގެ ފަރާތުން މާލީ އެހީތެރިކަމުގެ ޔަގީންކަން ލިބޭނެ ކަމަށް ބެލެވޭ."

އައިއެމްއެފް އިން ލަފާކުރާ ގޮތުގައި މި އެހީތެރިކަމާއެކު މި އަހަރު ޔޫކްރޭންގެ އިގްތިސާދު ކުޑަކޮށްނަމަވެސް ކުރިއަރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން