(ކ-ވ) ޔުކްރެއިނުގެ ރައީސާއި، ޕޮލޭންޑުގެ ރައީސް.
(ކ-ވ) ޔުކްރެއިނުގެ ރައީސާއި، ޕޮލޭންޑުގެ ރައީސް.
މިދިޔަ އަހަރު ރަޝިޔާއިން ޔުކްރޭނަށް އަރައިގަތް ފަހުން ފުރަތަމަ ފަހަރަށް ޕޮލޭންޑުން ޔުކްރޭނަށް ހަނގުރާމަ މަތީގައި ބޭނުންކުރާނެ ސާމާނާއެކު އެހީތެރިވާން ނިންމައިފިއެވެ.

އެގޮތުން ޕޮލޭންޑުގެ ރައީސް އަންދްރޭޖް ޑޫޑާ ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕޮލެންޑުން ޔޫކްރޭނަށް ސޯވިއެޓް ޒަމާނުގެ ހަތަރު މިގް-29 ފަޔަރ ޖެޓް ދޭނެ ކަމަށެވެ. ޕޮލޭންޑުގެ މި އެހީ ވެގެންދާނީ ޔޫކްރޭން ސަރުކާރުން އެފަދަ މަތިންދާބޯޓުތަކެއް ހޯދުމަށް އެދުނު ފަހުން، އެކަމަށް އިޖާބަ ދިން ފުރަތަމަ ނޭޓޯ މެމްބަރު ގައުމުގެ ފަރާތުން ފޮނުވާ އެހީތެރިކަމަށެވެ.

ޔުކްރެއިނުގެ ދީފާއީ ބާރު ވަރުގަދަ ކުރުމަށް ފަހުގެ ފައިޓަރ ޖެޓު ހޯދުމަށް މީހެކުރިން ހުޅަނގުގެ ގައުމުތަކުގައި ވަނީ އެދިފައެވެ. އެގޮތުން ޕޮލޭންޑުގެ މިނިންމުމާއިއެކު، ނޭޓޯގެ އެހެން ގައުމުތަކުންވެސް މިފަދަ އެހީތެރިކަން ލިބޭނެކަމަށް އުއްމީދު ކުރާކަމަށް ޔުކްރެއިނުން ބުނެއެވެ.

މީގެއިތުރުން، ޕޮލޭންޑުން ފޮނުވާ ފުރަތަމަ 4 ފައިޓާ ޖެޓާއެކު، އިތުރު ފައިޓާ ޖެޓް ތަކެއް ޔުކްރެއިނަށް ފޮނުވަން ނިންމަވާފައިވާކަމަށްވެސް ރައީސް އަންދްރޭޖް ޑޫޑާ ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ދެން އިތުރަށް ފޮނުވާނެ ފައިޓާ ޖެޓުތައް މަރާމާތުކޮށް ކުރަން ޖެހޭ އިތުރު ތައްޔާރީތައް ކުރަމުންދާކަމަށް އެމަނިކުފާނު ހާމަކޮށްފައިވެއެވެ.

ޕޮލޭންޑުގެ އިތުރުން ނޭޓޯގެ މެމްބަރު ގައުމުތަކުގެ ތެރެއިން ސްލޮވޭކިޔާއިންވެސް ވަނީ ޔުކްރެއިނަށް ފައިޓާ ޖެޓު ފޮނުވާނެކަމުގެ ޔަގީންކަން ދީފައެވެ. ނަމަވެސް ނޭޓޯގެ މެމްބަރު ގައުމެއްގެ ގޮތުގައި ހިމެނޭ އެމެރިކާއިން ވަނީ ހަނގުރާމަ މަތީ ބޭނުންކުރާ އެއްވެސް ވައްތަރެއްގެ މަތިންދާބޯޓެއް ނުފޮނުވަން ނިންމާފައިވާކަން ހާމަކޮށްފައެވެ. ޔުކްރެއިނަށް ހަނގުރާމަ މަތީ އެހެން އާލާތްތައް ފޯރުކޮށްދިނަސް އެމެރިކާއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ ހަރަދައްބަލައިކަމަށް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން