މި ހަފްތާގެ ޗައިނާގެ އަހަރީ ޕާލަމެންޓްރީ ބައްދަލުވުމުގައި ޗައިނާގެ އާބާދީ ދަށްވުމުގެ މައްސަލައަށް ބަހުސްކޮށް، އާބާދީ އިތުރުކުރަން އާއުކުޅުތަކެއް ހުށައަޅައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ޗައިނާގައި ވިހެއުމުގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިއަދަދުތައް ދައްކާގޮތުން އެވަރެޖްކޮށް ކުދިން އުފަންވާ ރޭޓް އުޅެނީ ކޮންމެ 1000 މީހަކަށް 6.77 ކުދިންނެވެ. މިއީ ފަހުގެ ތާރީހެއްގައި ރެކޯޑް ކުރެވިފައިވާ އެންމެ ދަށް އަދަދެވެ.

އެގޮތުން ޗައިނާގެ އަހަރީ ޕާލަމެންޓްރީ ބައްދަލުވުމުގައި ޗައިނާގެ އާބާދީ ދަށްވުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މައިން ވަޒީފާ އަދާކުރާ ކުންފުނިތަކަށް ޓެކްސް ލުއިކޮށް، ކޮލެޖް ދަރިވަރުންނަށް ވިހެއުމުގެ އިންޝުއަރެންސް ހުޅުވާލަން ގޮވާލައިފައިވެއެވެ. އަދި 2024 ވަނަ އަހަރަށް ފަހު ތިން ވަނަ ދަރިއަކު ލިބޭ އާއިލާތަކަށް ހިލޭ ކޮލެޖް ތައުލީމު ދިނުމަށާއި ކައިވެނި ނުކުރާ އަންހެނުންނަށް ދަރިމައިވުމުގެ ހިދުމަތް ދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، ޗައިނާގެ ރަސްމީ އިދާރާތަކުން އެގައުމުގެ އާބާދީ އިތުރުކުރުމުގެ މަސައްކަތްތައް އަވަސް ކުރުމަށް ހިތްވަރުލައިދިނުމުގެ ގޮތުން ދައުލަތުގެ ތާއީދު އޮންނަ ޖަމިއްޔާއެއް ކަމަށްވާ އޯލް ޗައިނާ ވިމެންސް ފެޑެރޭޝަނުން ވަނީ ފިލްމާއި ޓީވީ މެދުވެރިކޮށް ކައިވެނިކޮށް ދަރިން ހޯދުމުގެ ގައުމީ ކެމްޕޭނެއް ހިންގުމަށް ވަނީ ގޮވާލާފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2022 ވަނަ އަހަރު ޗައިނާގެ އާބާދީން ވަނީ 850،000 ދައްވެފައެވެ. މިއީ ބަނޑުހައިހޫނުކަމުގެ އަހަރެއް ކަމަށްވާ 1961 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އާބާދީ މިހާ ދަށްވި ފަހަރެވެ.

ޗައިނާގެ އިތުރުން އަވަށްޓެރި ޖަޕާނުންވެސް ދަނީ އާބާދީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން