ކުރިއަށް އޮތް ރޯދަމަހު އިސްރާއީލުގެ ކަދުރު ބޭނުންނުކުރަން ގޮވާލާ ކެމްޕެއިނެއް ޔޫރަޕްގައި ފަށައިފިއެވެ.

ޔޫރަޕްގައި މި ކެމްޕެއިން ކުރިއަށްގެންދަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް މަސައްކަތްކުރާ ބައެއް އަމިއްލަ ޖަމިއްޔާތައް ގުޅިގެނެވެ.

ކެމްޕެއިންގެ ތެރެއިން ދަނީ ކަދުރު ގަންނައިރު އުފެއްދި ގައުމު ޔަގީންކުރުމަށް ގޮވާލަމުންނެވެ. އެގޮތުން އިސްރާއިލް، ވެސްޓް ބެންކު ނުވަތަ ޖޯޑަން ވެލީގެ އުފެއްދުންތައް ބޭނުން ނުކުރުމަށް ވަނީ ގޮވާލާފައެވެ.

އިސްރާއީލަކީ މަޝްހޫރު ކަދުރެއްކަމަށްވާ މެޑްޖޫލްއަކީ އެންމެ ގިނައިން ހައްދާ، އެކްސްޕޯޓްކުރާ ގައުމެވެ. އަދި އިސްރާއީލުން އުފައްދާ ކަދުރުގެ 50 އިންސައްތަ އެކްސްޕޯޓްކުރަނީ ޔޫރަޕަށެވެ.

އިސްރާއީލާއި ދެކޮޅަށް ޔޫރަޕްގައި ބޮއިކޮޓްކުރުމުގެ ކެމްޕެއިނެއް ފަށާފައި މިވަނީ، އިސްރާއީލުގެ އަނިޔާވެރިކަން އަނެއްކާވެސް ހައްދުފަހަނައަޅައި ދިއުމުންނެވެ. އެގޮތުން ކޮންމެ ދުވަހަކު ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އެތައް އަނިޔާއެއް ދަނީ ދެމުންނެވެ. އަދި އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.

ކުރިއަށް އޮތް ރޯދަމަހު އިސްރާއީލުގެ ކަދުރު ބޭނުން ނުކުރަން ގޮވާލާ ކެމްޕެއިން ހިންގާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިކަމުގެ ސަބަބުން އިސްރާއީލަށް ވަރުގަދަ މެސެޖެއް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

އިޒް

07-Mar-2023

އަހަރުން ވަކި ވަކި ފަރުދުން އަދި އެންމެން އެއްބައިވެގެން އިޒްރޭލްގެ ނުހޮރުއްޕާނާއި ޖެއްސުމުން ފަލަސްތީން ސަލާމަތް ކުރެވޭނީ.



ޓްރެންޑިން