އޮސްޓްރޭލިއާގައި ފެންބޮޑުވުމާއި ގުޅިގެން، ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލު ކުރަނިކޮށް ކުޑަކުއްޖަކަށް ކިނބުލެއް ހަމަލާ ދީފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ކިނބޫ ހަމަލާ ދީފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. މިހަމަލާއާއެކު އެފިރިހެން ކުއްޖާގެ ފަޔަށް ލިބުނު ގެއްލުމަށް ހޮސްޕިޓަލުން ފަރުވާ ދެމުންދާކަމަށްވެއެވެ.

އޮސްޓްރޭލިއާގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއިއެކު، އެގައުމުގެ ސިފައިން ދަނީ ކުދި އަވަށްތަކުގައި ދިރިއުޅޭ ހާލުގައި ޖެހިފައިވާ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަމުންނެވެ. މީގެ ތެރޭގައި ހާހެއްހާ މީހުން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ފެންބޮޑު ވުމުގެ ކާރިސާ އާއެކު ކިނބުލުގެ އުނދަގޫ ޖެހިފައިވާކަމަށް އޮސްޓްރޭލިއާގެ ސަރުކާރުގެ އިސް ތަރުޖަމާނަކު ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން