(މެދުން) އިންޑިއާގެ ކެރަލާ ސްޓޭޓަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޭކޭ ހަރްޝިނާ.
(މެދުން) އިންޑިއާގެ ކެރަލާ ސްޓޭޓަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޭކޭ ހަރްޝިނާ.
ޑޮކްޓަރުންގެ ފަރުވާ ކުޑަކަމުން އޮޕަރޭޝަނަކަށްފަހު ބަނޑު ތެރެއަށް ކަތުރެއް ދޫކޮށްލާފައިވާ ކަމަށް ބުނެ އަންހެނަކު ޑޮކްޓަރުންނާއި ދެކޮޅަށް ހަޅުތާލު ކުރަންފަށައިފިއެވެ.

ިއިންޑިއާގެ ކެރަލާ ސްޓޭޓަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޭކޭ ހަރްޝިނާގެ ބަނޑުގައި އޮޕަރޭޝަނަކަށްފަހު އޮޕަރޭޝަނުގައި ބޭނުންކުރި ކަތުރެއް ތާށިވެފައި އޮތްކަން އެނގުނީ ބަނޑުގައި ރިއްސާތާ އެތައް އަހަރެއް ފަހުން ކުރި ސްކޭނަކުންނެވެ.

އޭނާ ބުނިގޮތުން އޮޕަރޭޝަނެއް ކޮށްފައިވާނީ އޭނާގެ ތިން ކުދިން ވިހެއުމަށް ކުރި ތިން ސިޒޭރިއަން އޮޕަރޭޝަނެވެ. ތިން އޮޕަރޭޝަން ކޮށްފައިވަނީ 2012 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ އިތުރުން 2017 ވަނަ އަހަރުއެވެ. ހަރްޝިނާ ބުނީ މިތިން އޮޕަރޭޝަން ވެސް ކޮށްފައިވާނީ ސަރުކާރުގެ ހޮސްޕިޓަލެއްގައި ކަމަށެވެ. އެންމެ ފަހުގެ އޮޕަރޭޝަނަށްފަހު ފަސް އަހަރު ދުވަސް ވަންދެން އޭނާ ވަނީ ބަނޑުގައި ރިހުމުގެ ވޭނުގައި ހޭދަކޮށްފައެވެ.

ހަރްޝިނާގެ ބަނޑުގައި އޮޕަރޭޝަނުގައި ބޭނުން ކުރި އާލާތެއް އޮތްކަން އެނގުނީ އެންމެ ފަހުގެ އޮޕަރޭޝަނަށް ފަހު، ބަނޑުގައި ރިއްސަން ފެށި ގޮތަށް އެތައްް އަހަރެއް ކަޑައްތު ކުރުމަށްފަހު ކުރި ސްކޭނަކުންނެވެ. އަދި މިއީ އިންޑިއާގެ ހޮސްޕިޓަލަކުން މިފަދަ ގޯހެއް ހެދި ފުރަތަމަ ފަހަރު ނޫން ކަމަށް އެހެން އަންހެނުންތަކަކާއި ހަވާލާދީ ހަރްޝިނާ ބުނެފައިވެއެވެ.

ބަނޑުގައި އޮތް، އޮޕަރޭޝަނުގައި ބޭނުން ކުރި އާލާތް ނެގުމަށް އިތުރު އޮޕަރޭޝަނެއް ކުރުމަށްފަހު، ޑޮކްޓަރާއި ހޮސްޕިޓަލުގެ އިހުމާލުގެ މައްސަލަ އެސްޓޭޓްގެ ހެލްތު މިނިސްޓަރަށް ހުށައަޅައި ތަހުގީގުކޮށްދިނުމަށް ހަރްޝިނާ އެދުނެވެ. ތަހުގީގު ފެށިނަމަވެސް، ކޮޅެއްގައެއް ނުޖެހުނެވެ. މިއާއެކު އޭނާ ވަނީ ހޮސްޕިޓަލުގެ ބޭރުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަން ފަށާފައެވެ.

އޭނާގެ މިއަމަލު ހުއްޓުވުމަށް ހޮސްޕިޓަލުގެ ސިއްހީ އެހީތެރިންނާއި، ސިޔާސީ ފަރާތްތަކުން ބާރު އެޅިނަމަވެސް، އިންސާފު ލިބެންދެން އޭނާގެ މަސައްކަތް ހުއްޓާ ނުލާނެކަމަށް ހަރްޝިނާ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން