ވިހަވުމުގެ ސަބަބުން އީރާނުގެ 26 ސްކޫލަކުން އެތައް އަންހެން ދަރިވަރުންތަކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ރިޕޯޓުކޮށްފިއެވެ.

މިދަރިވަރުން ވިހަ ވެފައިވަނީ ނުރައްކާތެރި ގޭހުގެ މާއްދާއަކަށެވެ. އަދި މިއީ ސްކޫލްތަކުގައި ކިޔަވަަމުންދާ އަންހެން ދަރިވަރުންނާ ދެކޮޅަށް ވިހަ ގޭހުގެ ހަމަލާއެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ.

ރިޕޯޓުތައް ބުނާގޮތުން މިދިޔަ އަހަރު ނޮވެމްބަރ މަހުން ފެށިގެން 1000 އަންހެން ދަރިވަރަކަށް މިފަދަ ހަމަލާތަކުގެ އަސަރުކޮށްފައިވެއެވެ. އަދި މިފަދަ ހަމަލާތައް ދެނީ ސްކޫލްތަކުގައި އެއްޗެއް ގޮއްވައިލައިގެންކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއީ އަންހެން ކުދިންގެ ސްކޫލްތައް ބަންދުކުރަން މަޖުބޫރު ކުރުމަށް ގަސްތުގައި ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ބައެއް ދަރިވަރުންނާއި ބެލެނިވެރިން ގަބޫލު ކުރާ ގޮތުން މިހަމަލާތައް ސްކޫލް ކުދިންނަށް އަމާޒުކޮށްފައި ވަނީ ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވުމުންނެވެ.

ނަމަވެސް މިއީ ރޭވިގެން ކުރިއަށް ގެންދާ ހަމަލާ ތަކެއްކަމަށް އީރާނުގެ ސަރުކާރުން އެއްބަސްވެފައެެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން