ކުޑައިރުއްސުރެން ތިމާވެށީގެ ކަންކަމަށް ވަކާލާތު ކުރާ މަޝްހޫރު ގްރޭޓާ ތަންބަރގް ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ނޯވޭގެ އޮސްލޯގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ.

އެކްޓިވިސްޓުން ތަކަކާއި އެކު ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލާ ކުރަމުންދިޔަ މުޒާހަރާގައި ގްރޭޓާ ބައިވެރިވެ އަޑުއުފުލަމުން ދިޔައީ ނޯވޭގެ ދަނޑުވެރިން ބޭނުންކުރާ 151 ވިންޑް ޓަރބައިން ނަގަން ގޮވާލަމުންނެވެ. އެމީހުން ބުނަމުންދިޔައީ ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުކުރުމަކީ އިންސާނުންގެ ދިރިއުޅުން ރައްކާތެރި ކުރުމަށް މުހިންމުކަމެއް ކަމަށެވެ. އަދި މިކަން ކަމާ ދެކޮޅު ހަދާ މީހުން އިންސާނި ހައްގުތަކަށް އަރައިގެންފައިވާކަމަށްވެސް ތުހުމަތު ކުރަމުންދިޔައެވެ.

އެތައް ދުވަހަކަށް ދެމިގެންދާ މިމުޒާހަރާތަކުގެ ބައިވެރިން ހައްޔަރުކޮށްފައިވަނީ ސަރުކާރުގެ އެތައް އިމާރާތަކަށް ވަނުމަށް ހުރަސް އަޅަމުންދާކަމުގެ ތުހުމަތާއެކުއެވެ. ތިމާވެށީގެ ރައްކާތެރިކަމަށް ވަކާލާތު ކުރާ އެކްޓިވިސްޓުގެ މިފަދަ މުޒާހަރާ ތަކުގައި ސަރުކާރުގެ އިމާރާތްތަކަށާއި، އާންމު ތަންތަނަށް ގެއްލުންދެމުންދާ ކަމުގެ ޝަކުވާ އަކީ މިފަހަކުން ގިނަވަމުންދާ ޝަކުވާއެވެ.

ސްވިޑެން އަށް އުފަން ގްރޭޓަރ ތަންބަރގް އަކީ ސްކޫލް ދައުރުން ފެށިގެން ތިމާވެށީގެ ރައްކާތެރިކަމާއި ބެހޭގޮތުން ވަކާލާތުކޮށް، މުޒާހަރާކޮށް، އެތައް ބައެއްގެ ކުރިމަތީ ތިމާވެށީގެ ރައްކާތެރިކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުންދާ އެކްޓިވިސްޓެކެވެ. އޭނާ ބޮޑަށް މަޝްހޫރުވެގެންދިޔައީ 2018 ވަނަ އަހަރު އދ ގެ ކޮޕް ސަމިޓުގައި ވާހަކަ ދެއްކުމާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން