މިމަހު ކުރީކޮޅު އެރި ބާރުގަދަ ބިންހެލުމަށްފަހު ލިބުނު ގެއްލުމުން އަރައިނުގަނެވި އުޅެނިކޮށް ތުރުކީ ވިލާތަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

5.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މިބިންހެލުން އައިސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ތުރުކީގެ ދެކުނުގެ ސަރަހައްދުތަކަށް އެރި މިބިންހެލުމާއެކު، މިމަހު ކުރީކޮޅު އެރި ބާރުގަދަ ބިންހެލުމާއެކު ހަލާކުވެފައިވާ ބައެއް އިމާރާތްތައް ވެއްޓި އެކަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. އެގޮތުން މި ބިންހެލުމުގައި 12 ވަރަކަށް އިމާރާތް ބިމާ ހަމަވި ރިޕޯޓުތައް ބުނެއެވެ.

މިއަދުގެ ބިންހެލުމުގެ ސަބަބުން 100 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ތުރުކީއަށް މިދިޔަ 10 އަހަރުގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުން އައިސްފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މިބިންހެލުމުގައި ތުރުކީ އަދި ސީރިއާގެ ބޮޑު ސަރަހައްދަކަށް އަސަރުކޮށްފައިވެއެވެ. އެގޮތުން މި ބިންހެލުމުގައި 48،000 އަށް ވުރެ ގިނަ މީހުން ތުރުކީ އަދި ސީރިއާ އަށް އެރި މިބިންހެލުމުގައި ވަނީ މަރުވެފައެވެ. އަދި އެހާދިސާގައި ތުރުކީގެ 185،000 އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން