އަހުމަދު މަސްނޫމް   25 ފެބްރުއަރީ 2023 - 18:0
ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލާފް ޝޯލްސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.

ޖަރުމަނުގެ ޗާންސެލަރ އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ މި ރަސްމީ ދަތުރުފަތުރުފުޅަކީ 2021 ވަނަ ޑިސެމްބަރުމަހު މަގާމާއި ހަވާލުވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޖަރުމަނުގެ ޗާންސެލަރ މި ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާ ވިޔަފާރީގެ ދާއިރާތަކުންނާއި ހަކަތައާއި ގުޅޭ ދާއިރާތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޔޫކްރެއިން ރަޝިޔާ ހަނގުރާމައާ ގުޅޭގޮތުންވެސް މަޝްވަރާތައް ބާއްވާނެއެވެ.

ޖަރުމަނުގެ ޗާންސެލަރ އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ މިދިޔަ ނޮވެންބަރުމަހު އިންޑޮނޭޝިޔާގައި އޮތް ޖީ20 ސަމިޓުގެ ހަވާސާގަައިވެސް ބައްދަލުކުރެއްވުންތަކެއް ބާއްވާފައެވެ. އަދި އޭގެފަހުން މިދިޔަ ޖޫންމަހު ޖަރުމަނުގައި އޮތް ޖީ7ގެ ބައްދަލުވުމުގެ ތެރެއިންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާތަކެއް ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން