އީރާނުގެ އައު މިސައިލާއެކު އެ ގައުމުގެ އަސްކަރިއްޔާގެ ވެރިންތަކެއް
އީރާނުގެ އައު މިސައިލާއެކު އެ ގައުމުގެ އަސްކަރިއްޔާގެ ވެރިންތަކެއް
މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ދުރުރާސްތާ ހައިޕަރ ސޮނިކް މިސައިލެއް އީރާނުން ޓެސްޓްކޮށްފިއެވެ.

އީރާނުން ބުނީ މި މިސައިލަކީ 1650 ކިލޯ މީޓަރުގައި ދުރުގައި ހުންނަ ސަރަހައްދުތަކަށް ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. އެހެންކަމުން އީރާނު ހިމެނޭ ސަރަހައްދުގައި ހުރި އެމެރިކާގެ ކޮންމެ މަރުކަޒުތަކާއި އެ ސަރަހައްދުން ދަތުރުކުރާ އަސްކަރީ މަނަވަރުތަކަށްވެސް މި މިސައިލުން ހަމަލާދޭވޭނޭކަމަށް އީރާނުގެ އޮފިޝަލުން ބުނެއެވެ.



ހަބަރުތައް ބުނާގޮތުން މި މިސައިލް ދަތުރުކުރާނީ މެކް 3 ނުވަތަ އަޑަށްވުރެ 12 ވަނަ ގުނަ ބާރު ދުވެއްޔެއްގައެވެ. އަދި މިއީ މިސައިލް ޑިފެންސް ސިސްޓަމްތަކުން ރެކުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެއްކަމަށްވެސް އީރާނުން ބުނެއެވެ.

އީރާނުގެ މިސައިލް ޕްރޮގްރާމާއި ހުޅަނގުން ދެކޮޅު ހެދި ނަމަވެސް އީރާނުން ބުނާގޮތުން އެ ޕްރޮގްރާމަކީ އެ ގައުމުގެ ސަލާމަތަށް ކުރާ މަސައްކަތަކެވެ. އަދި އެއީ ބަޔަކަށް ހަމަލާދިނުމުގެ ނިޔަތުގައި ހިންގާ މަސައްކަތްތަކެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން